އައްޑޫ ބަހުރުވައިން ހުތުބާ ދިން ޚަތީބު މީހާ ސަސްޕެންޑްކޮށްފި
އައްޑޫ ބަހުރުވައިން ހުތުބާ ދިން ޚަތީބު މީހާ ސަސްޕެންޑްކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން މިރޭ ބުނީ، ހުތުބާ ކިޔުމުގެ އުސޫލާ ހިލާފުވެގެން ޚަތީބަކު ހުކުރު ނުކުރެވޭ ގޮތަށް ސަސްޕެންޑުކޮށްފައިވާ ކަމަށެވެ.
“ހުތުބާ ކިޔުމުގެ އުސޫލާ ހިލާފު ވެގެން އެ މައްސަލަ އިތުރަށް ބެލުމަށްޓަކާ ހަތީބަކު ވަނީ ހުކުރުކުރުމުން ސަސްޕެންޑް ކޮށްފައި” އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ ސ. މީދޫއަށް ނިސްބަތްވާ މުހައްމަދު ރަޝީދުއެވެ.
އޭނާ ސަސްޕެންޑްކޮށްފައިވަނީ ގުރުއާނާއި ހަދީސްތަކާއި އޭގެ މާނައަށް ބަދަލެއް ނުގެނެސް، ހުތުބާގައި ދެން ހުރި ބައިތައް އައްޑޫ ބަހުރުވަ އަށް ބަދަލުކޮށްގެން ހުތުބާ ކިޔުމުންނެވެ.
