ޚަބަރު

މިއަދުވެސް ކޯވިޑް-19އަށް 10 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖޭގައި މިއަދުވެސް ކޯވިޑް-19އަށް 10 މީހުން ޕޮޒިޓިވްވެއްޖެއެވެ. އޭގެ ތެރޭގައި ހިމެނެނީ 7 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހުންނެވެ. އަދި ބަލިން ރަނގަޅުވީ 45 މީހުންނެވެ. މިއާއެކު ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު 2501 އަށް އެރިނަމަވެސް ބައްޔަށް ފަރުވާ ދެވެމުންދާ މީހުންގެ ޢަދަދު ވަނީ 326 އަށް ދަށްވެފައެވެ.

ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ ޢަދަދަކީ މިހާރު 2158 އެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް މަރުވެފައިވަނި 12 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 6 ބިދޭސީންނެވެ.

ކޯވިޑް-19އަށް ޓެސްޓްކުރުމަށް ރާއްޖޭގައި މިހާތަނަށް ވަނީ 57611 ސާމްޕަލެއް ނަގާފައެވެ. މިވަގުތު އައިސޮލޭޝަންގައި ތިބީ 273 މީހުންނެވެ. އަދި ކަރަންޓިންގައި ތިބީ 107 މީހުންނެވެ.

ފުރަބަންދުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާއިރު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ރާއްޖޭގައި ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް ކްލަސްޓަސްތަކާއި ގުޅުންނެތް މީހުން ޕޮޒިޓިވުން އިތުރުވާތީ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ޢާންމުން ބޭރަށް ނިކުތުމުގައި ކުރިއަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

އަދި މާސްކު އަޅައިގެން ބޭރަށް ނިކުތަސް ތިމާ ބައްދަލުކުރާ މިހުންގެ ޢަދަދު ވިހާވެސް މަދުކުރުމަށްވެސް އެސެންޓަރުގެ ޑޮކްޓަރުން ވަނީ އިލްތިމާސްކުައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close