ވެލާނާ އެއާޕޯޓުން ހައްޔަރުކުރި އިންޑިއާ ދެމީހުންގެ އަތުގައި ގޮވާތަކެތި ހުރި!
28 އޯގަސްޓުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކުރި އިންޑިއާ ދެމީހުންގެ އަތުގައި އޮތް ދަބަހަކުން ގޮވާތަކެތި ފެނިފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމުގައި އޮންލައިން ނޫސް ދިޔަރެސްއިން ރިޕޯޓް ކޮށްފިއެވެ.
“ދިޔަރެސް” އަށް މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ އިސް އޮފިޝަލަކު ވިދާޅުވި ކަމަށް އެނޫހުގައި ބުނެފައިވަނީ އެ ދެމީހުން ގެންގުޅުނު ދަބަހުގައި ގޮވާތަކެތި ހުރިކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގޮގްޑާ ހާރޫން އާއި މޯޑް އޮވައިސް ކިޔާ މީހެކެވެ. ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި ގޮގްޑާ ހާރޫން ގެމައްޗަށް ކުރެވޭ ތުހުމަތަކީ އެކަމުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުވަތަ އެއާޕޯޓުގެ ސަލާމަތަށް ނުރައްކާވާނެ ފަދަ ކުށެކެވެ. ގޮވާތަކެއްޗާއި އެކު ފެނިފައިވާ ދަބަހަކީ ގޮގްޑާ ހާރޫންގެ ދަބަހެއް ކަމަށް އޭނާ ވަނީ ފުލުހުން ސުވާލުކުރުމުން އެއްބަސްވެފައެވެ.
އަދި މޯޑް އޮވައިސްއަށްވެސް ގޮގްޑާ ހާރޫންގެ ލަގެޖުގައި އެތަކެތި ހުރިކަން އޭނާގެ ވާހަކަތަކުން އެނގޭކަމަށް ފުލުހުން ބުނެފައިވެއެވެ. މޯޑް އޮވައިސްއަށްވެސް ފުލުހުންކޮށްފައިވަނީ ޤައުމީ ސަލާމަތަށް ނުވަތަ އެއާޕޯޓުގެ ސަލާމަތަށް ނުރައްކާވާފަދަ ކުށެއް ކުރަން އުޅުމުގެ ތުހުމަތެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން ގެންގުޅުނު ދަބަސް ހުރީ އެއާޕޯޓު ތެރެއަށް ދޫކޮށްލާފައެވެ. އަދި އެ ދަބަހުގައި ސިއްރު ކެމެރާއެއް ހަރުކޮށް އެކެމެރާއިން ފެންނަ މަންޒަރުތައް ލައިވްކޮށް ދިޔައީ ދައްކަމުންނެވެ. އެއާޕޯޓު ސެކިއުރިޓީން އެތަނުން އެކަކު އަތުލައިގަތީ ޑިއުޓީ ފްރީތެރެއިންނެވެ. އަދި އަނެއްމީހާ އަތުލައިގަތީ ޑިޕަޗަރ ޓާމިނަލްގެ ތެރެއިންނެވެ.
މިކަމާއި ގުޅޭ މާގިނަ މައުލޫމާތެއް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައިނުވެއެވެ. މީޑިއާތަކަށް މައުލޫމަތު ދެމުން ފުލުހުން ހަމައެކަނި ބުނެފައިވަނީ އެ ދެމީހުން ހައްޔަރުކުރީ ސިއްރު ކެމެރާއެއް ގެންގުޅުގެން ކަމަށެވެ.
“ދިޔަރެސް” އަށް މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ އޮފިޝަލް ވިދާޅުވި ކަމަށް އެނޫހުން ބުނެފައިވަނީ މިހާތަނަށް ބެލިބެލެމުން އެ ދެމީހުންނަކީ އިންޑިއާގެ ޖާސޫސީ އިދާރާއަކަށް ނިސްބަތްވާ މީހުންކަމަށް ވަރަށް ބޮޑަށް ޔަގީން ކުރެވޭ ކަމަށެވެ.
މިމައްސަލަ ދިވެހި ސިފައިންނާއި، ފުލުހުން ގެންދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ


މިއުޅެނީ މީހުން ފޮނުވައިގެން މިތަނުގަ ހާޖާނު އުފައްދާފައި، ކަންކަން ކޮންޓްރޯލް ކުރުމުގެ ނަމުގައި މިތަނަށް އެރޭނެ މަގެއް ހޯދާން ކަމައް ވެދާނެ.