މިހާތަނަށް އެމްބިއުލާންސްގެ ޚިދުމަތް ނުލިބޭ ހަތަރު ރަށަށްވެސް އެމްބިއުލާން ދީފި
މިހާތަނަށް އެމްބިއުލާންސްގެ ހިދުމަތް ނުލިބޭ ހަތަރު ރަށް ހިމެނޭ ގޮތަށް 25 ރަށަކަށް އެމްބިއުލާންސް ޙަވާލު ކޮށްފިއެވެ.
ސަރުކާރުގެ ސިއްހީ ދާއިރާގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ “ނޭޝަނަލް އެމްބިއުލާންސް ސަރވިސް” ތައާރަފްކުރުމަށްޓަކައި 25 ރަށަކަށް އެމްބިއުލާންސް ހަވާލު ކޮށްފިއެވެ.
ޖުމްހޫރީ މައިދާނު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، 25 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފައިވާއިރު، އޭގެ ތެރެއިން އެއްވެސް ގޮތަކަށް އެމްބިއުލެންސްގެ ހިދުމަތް ލިބިފައިނުވާ ހަތަރު ރަށަކަށް ވެސް އެމްބިއުލެންސް ވަނީ ހަވާލުކޮށްފައެވެ.
ކައިރި މުސްތަގުބަލެއްގައި އެމްބިއުލާންސް ހަވާލުކުރުމަށް ހަމަޖެހިފައިވާ 26 ރަށެއް އެ ރަސްމިއްޔާތުގައި ވަނީ އިއުލާން ކޮށްފައެވެ.
ހަވާލުކުރެވުނު އެމްބިއުލާންސް ތަކާއިއެކު، ކާރިސާގެ ވަގުތުތަކުގައާއި، އެމަރޖެންސީ އަދި އެކްސިޑެންޓް ތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްހީ ކުއްލިފަރުވާ ރަށްރަށުގައި އަވަހަށް ފޯރުކޮށްދިނުމަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.
އެމްބިއުލެންސްގެ ތެރޭގައި ޖަޕާން ސަރުކާރުން ހަދިޔާކުރި 21 ޕެރަމެޑިކް އެމްބިއުލާންސް ވެސް ހިމެނެއެވެ.
ޖަޕާން ސަރުކާރުގެ ފަރާތުން އެމްބިއުލާންސްތައް ހަވާލް ކޮށްދެއްވީ ޖަޕާންގެ ސަފީރު މިސް ކެއިކޯ ޔަނާއީއެވެ. މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން އެމްބިއުލާންސްތަކާއި ޙަވާލުވެވަޑައިގެނެނެވީ މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީނެވެ

