ޚަބަރު

މީޑިއާނެޓް އޮފީހަށް ވަދެ މާރާމާރީ ހިންގި ދެމީހުން ހައްޔަރުކޮށްފި


މިިދިޔަ ބުރާސްފަތި ދުވަހު މާލޭގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ވަދެ ހިންގި މާރާމާރީ އާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިހާދިސާއާއި ގުޅިގެން މިއަދު، 22 އަހަރުގެ މީހަކާއި، 19 އަހަރުގެ މީހެއް ހައްޔަރުކޮށްފައިވާކަމަށެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 22 އަހަރުގެ މީހާ، ޝަރީއަތް ނިމެންދެން، އަދި 19 އަހަރުގެ މީހާ، ތަހުގީގު ނިމެންދެން، ބަންދުގައި ބެހެއްޓުމަށް ކޯޓުން މިއަދު އަމުރުކޮށްފައިވާކަމަށްވެސް ފުލުހުން ހާމަކޮށްފައިވެެއެވެ.

ބުރާސްފަތި ދުވަހު އޯކިޑުމަގުގައި ހުންނަ މީޑިއާނެޓްގެ އޮފީހަށް ބަޔަކު ވަދެ ހިންގި މާރާމާރީ ގައި އަނިޔާވި މީހަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދިންކަމަށްވެސް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close