ޚަބަރު

ރާއްޖެއިން މިއަދު ޕޮޒިޓިވްވީ 98 މީހުން

ކޮވިޑް-19 އަށް ރާއްޖެ އިން މިއަދު އިތުރު 98 މީހަކު ޕޮޒިޓިވް ވެއްޖެކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެންމެ ނެރުނު ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އިރުއޮއްސި 6:00 އިން ފެށިގެން މިރޭ 6:00 އަށް އެންމެ ގިނަ އަދަދަކަށް ފައްސިވީ ދިވެހިންނެވެ. އެގޮތުން ދިވެހިންގެ 72 މީހުން ވަނީ ފައްސިވެފައެވެ.

ދިވެހިންގެ އިތުރުން ބަންގްލަދޭޝްގެ 12 މީހަކާއި ޗައިނާގެ ފަސް މިހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލްގެ ދެ މީހަކާއި އިޓަލީ އާއި ސްޕެއިން އާއި ބްރެޒިލްގެ އެކަކު ވެސް ކޮވިޑް-19 އަށް ފައްސިވެފައިވެއެވެ.

މި މީހުންގެ ތެރެއިން 87 މީހުން ފައްސިވެފައި ވަނީ މާލެ ސަރަހައްދުންނެވެ. ފަސް މީހަކު ރަށް ރަށުން ކޮވިޑް-19 އަށް ފައްސިވި އިރު، ރިސޯޓުތަކުން ހަ މީހަކު ވަނީ ފައްސިވެފައެވެ.

މިއާ އެކު، ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 8,584 އަށް އަރައިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close