ރޭ މާލޭގައި ހިނގި ގުރޫޕް މާރާމާރީ އެއްގައި ޒުވާނެއްގެ ބޯ ފަޅާލައިފި
ރޭ މާލޭގައި ހިނގި ގުރޫޕަކުން މާރާމާރީއެއް ހިންގާ ޒުވާނެއްގެ ބޯ ފަޅާލައިފި އެވެ.
މާލޭގައި ފަހަކަށް އައިސް އަންނަނީ ގިނަ މާރާމާރީ ތަކެއް ހިންގަމުން ނެވެ. އެހެންނަމަވެސް ރޭގެ މާރާމާރީ އާއި މީގެކުރިން ހިންގި މާރާމާރީތަކާއި ގުޅުމެއް އޮތް ކަމަށް ނުބެލެވެ އެވެ.
ރޭގެ މާރާމާރީ ހިނގީ އަސްރަފީ މަގުގައި ހުންނަ ގެސްޓު ހައުސް އެއް ކުރިމަތީ ގަޑިން 23:30 ހައިރު އެވެ.
މި މާރާމާރީގައި ޒަހަމްވި މީހާގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާ ވެފައި ވާއިރު، އެނާގެ ބޮލުން ގިނަ އަދަދެއްގެ ލޭ މަގަށް ފައިބާފައިވާ މަންޒަރު ދައުރުވަމުން އަންނަ ފޮޓޯ ތަކުން ފެނެ އެވެ.
މި މާރާމާރީ ގެ ވީޑިއޯ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އިރު، ވީޑިއޯ އިން ފެންނަ ގޮތުގައި ގެސްޓް ހައުސް ތެރެއިން މީހަކަށް ހަމަލާ ދެމުން އެމީހާ ބޭރަށް ނެރޭ މަންޒަރު ފެނެ އެވެ.
މި މާރާމާރީ އާއި ގުޅިގެން އަދި މިހާތަނަށް ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.



