ޚަބަރު

ތިނަދޫވެސް މޮނިޓަރިންއަށް ލައިފި

ގދ. ތިނަދޫގައި ހުރި އައްޑޫސިޓީއަށް ނިސްބަތްވާ މީހަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ހާލަތައް ލައިފިއެވެ.

އެޗް.އީ.އޯ.ސީ އިން ވިދާޅުވީ ތިނަދޫ މޮނީޓަރިންއަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ކަމަށެވެ. ތިނަދޫ މޮނީޓަރިންއަށް ލާފައިވާއިރު، އައްޑޫ ސިޓީއިން ޕޮޒިޓިވް ކޭސްތަކެއްފެނިފައިވާތީ އެސިޓީވެސް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.

މިމަހުގެ ކުރީކޮޅުވެސްް ތިނަދޫ އަށް ޚާއްސަ ހުއްދައިގެ ދަށުން ދިޔަ ބަޔަކު ޕޮޒިޓިވްވެ، އެރަށް މޮނީޓަރިންއަށް ލާފައިވެއެވެ.

ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް ހަރުކަށިކޮށް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކު އެޅުން މަޖުބޫރުކަމެއްކަމުގައި ނިންމާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close