މާލެއިން ފުރައިގެން ނ.އަތޮޅަށް ދަތުރުކުރަނިކޮށް ލަންދޫ ބޯޓު އަޑިޔަށް ހިނގައްޖެ
ވެރިކަން ކުރާ މާލެއިން ފުރައިގެން ނ. އަތޮޅަށް ދަތުރު ކުރަމުންދަނިކޮށް ބޯޓްގައި ހުރި މުދަލާއެކު ލަންދޫ ބޯޓް އަޑިޔަށް ހިނގައްޖެއެވެ.
ލަންދޫ ބޯޓުގައި ތިބި ފަސިންޖަރުންނާއި، ފަޅުވެރިންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށާއި، ގިނަ މީހުން ކ. ގާފަރަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
ބޯޓުން ދަތުރުކުރި ބައެއް މީހުން ބުނާގޮތުގައި ލަންދޫ ބޯޓަށް ދިޔަވާން ފެށުމުން ގާފަރު ފަރަށް ބޯޓް އުރުވާލީއެވެ. އެއީ ގާތްގަޑަކަށް މިއަދު ހެނދުނު 10:55 ހާއިރެވެ.
ކޯސްޓްގާޑުން އެ ސަރަހައްދަށް ދިއުމުގެ ކުރިން ހާދިސާގެ މައުލޫމާތާއެކު ގާފަރު މީހުންނާއި އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެހެނިހެން އުޅަނދުތައް ވެސް ދަނީ ފަރަށް އެރި ބޯޓަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބޯޓުގައި ތިބި ގިނަ މީހުން ގާފަރަށް ގެންގޮސްފައިވާއިރު، ބޯޓު ފަރަށް އެރި ވަގުތު، ބޯޓުގައި ތިބީ ކިތައް މީހުންކަން އަދި ސާފެއް ނުވެ އެވެ.
ހާދިސާގެ މައުލޫމާތު އެނގޭ ފަރާތަކުން ބުނެފައިވާ ގޮތުގައި ލަންދޫ ބޯޓު މިހާރު އޮތީ ގާފަރު ފުއްޓަރު ފަރާތު ތޮށި މައްޗަށް އަރުވާލާފައެވެ. އަދި ބޯޓު ކައިރީގައި ޕޮލިސް ލޯންޗާއި ސަޕްލައި ދޯންޏެއް ހަރަކާތްތެރިވާއިރު، ބޯޓު އެ ހިސާބަށް އައިއިރު ގިނަ މުދާތައް ވެސް ކަނޑަށް އުކާލާފައިވާ ކަމަށް އޭނާ ބުނެ އެވެ.
ލަންދޫ ބޯޓަށް މިހާދިސާ ދިމާވެފައިވާއިރު، މެޓްއޮފީހުންވަނީ އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައެވެ.





