ޚަބަރު

ރައީސް ނަޝީދު މާލެ ވަޑައިގެންފި ، މާދަމާ ނޫސްވެރިންނާ ބައްދަލުކުރައްވާނެ

ސީޝެލްސް އަށް ކުރެއްވެވި ރަސްމީ ދަތުރުފުޅަށް ފަހު ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގެންފިއެވެ.

މިދިޔަ ޖުލައި މަހުގެ 22 ގައިރައީސް ނަޝީދު ސީޝެލްސްއަށް ފުރާވަޑަގެންނެވީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަައުވަތަކަށެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގެން ދެން ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ.

އެ ގައުމުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެންނެވީ މިއަދު ހެނދުނު އެވެ. އެމަނިކުފާނު ރާއްޖެ ވަޑައިގެންފައި މިވަނީ މި މަހުގެ 19 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާތައް ފެށުމަށް ނިންމާފައި ވަނިކޮށެވެ.

އަދި ހަމައެއާއެކު މާދަމާ އެމަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްޑީޕީން މިއަދު ބުނީ އެ ޕާޓީގެ ރައީސް، ނަޝީދު މާދަމާ ހެނދުނު 11 ޖަހާއިރު، ޕާޓީގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އެއް ކޮމެންޓް

  1. ނަޝީދު ކޮސްނުގޮވާ ގޭގަހުރޭ ކޮނުނު ވަރަކަށް ފަސްގިނަވާނެޔޭ މުސްކުޅިން ބުނާ ހުބަސް ނާހަމުތަ!

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close