ބޭރުދުނިޔެ

އިސްރާއިލްގެ ރޮކެޓް ހަމަލާތަކަށް ރައްދުދިނުމާއިގުޅިގެން ޣައްޒާގައި ވަރުގަދަ ހަނގުރާމައެއް ފެށިއްޖެ

އިސްރާއިލްގެ ރޮކެޓް ހަމަލާތަކަށް ޣައްޒާގެ ހަނގުރާމަވެރިން ރައްދުދިނުމާއިގުޅިގެން ޣައްޒާގައި ވަރުގަދަ ހަނގުރާމައެއް ފެށިއްޖެއެވެ.

އިސްރާއީލުން ޣައްޒާއަށް ހުކުރު ދުވަހު ވައިގެ ހަމަލާތަކެއް ދީފައިވާއިރު، އޭގެ ތެރޭގައި ހަނގުރާމަވެރިއެއްގެ އިސް ފަރާތެއް ހިމެނޭ ގޮތަށް 10 މީހަކު މަރުވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އިސްރާއީލުން ބުނީ އެމީހުންގެ ހަމަލާތައް އިސްލާމިކް ޖިހާދު ހަނގުރާމަވެރި ޖަމާއަތަށް އަމާޒުކޮށްފައި ވަނީ ދާދި ފަހުން އެ ޖަމާޢަތުގެ އިސް ހަނގުރާމަވެރިއަކު ހައްޔަރުކުރުމާ ގުޅިގެން ކުރިމަތިވި ނުރައްކަލަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

އިސްރާއިލުން ޣައްޒާއަށް ހަމަލާދިންތާ ގަޑިއެއްހާއިރު ފަހުން ފަލަސްތީނުގެ ހަނގުރާމަވެރިން ވަނީ ރައްދުދިނުމުގެ ގޮތުން ރޮކެޓް ހަމަލާތަކެއް އިސްރާއީލަށް ފޮނުވާލައިފައެވެ. އެކަމުގެ ސަބަބުން މިހާރުވަނީ ދެފަރާތުން ހަމަލާބަދަލުކޮށް ޣައްޒާގައި ވަރުގަދަ ހަނގުރާމައެއް ފެށިފައެވެ.

އިސްލާމިކް ޖިހާދުން މިހާތަނަށް އިސްރާއިލާއި ދެކޮޅަށް 100 ރޮކެޓް ފޮނުވާލި ކަމަށް އިސްރާއީލުން ބުނެފައިވާއިރު، އިސްރާއިލްގެ ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއްނެތް އެތައްބައިވަރު ކުޑަކުދިންނާއި، އަންހެނުންނާއި، ޢާއްމުންދަނީ ޝަހީދުވަމުންނެވެ. އަދި އެތައްބަޔަކުވަނީ ޒަޚަމް ވެފައެވެ.

އިސްރާއީލާއި ޣައްޒާގެ ހަނގުރާމަވެރި ހަމާސްގެ ޖަމާޢަތުން މިދިޔަ 15 އަހަރު ތެރޭގައި ހަތަރު ފަހަރެއްގެ މަތިން ވަރުގަދަ ހަމަލާތަކެއް ބަދަލުކޮށް ހަނގުރާމަތަކެއް ކޮށްފައިވާއިރު އެ ހަނގުރާމަތަކުގައި ފަލަސްތީނުގެ 2 މިލިއަން ރައްޔިތުންނަށް ވަނީ އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތި ވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޣައްޒާ ސިޓީގައި ގޮވުމުގެ އަޑު ތައް ރޭވެސް އިވިފައި ވާއިރު، އުސް އިމާރާތެއްގެ ހަތް ވަނަ ފަންގިފިލާއިން ދުން އަރަމުން ދިޔަތަން ވަނީ ފެނިފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން އާންމުކުރި ވީޑިއޯއިން ފެންނަ ގޮތުގައި އެ ހަމަލާތަކުގައި ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ ބަޔަކު ތިބި ތިން ގާޑް ޓަވަރެއް ގޮއްވާލާފައިވެ އެވެ.

މިހަނގުރާމައާއި ގުޅިގެން އެމެރިކާއިންވެސް އަދި ސައޫދީފަދަ ބޮޑު އެއްވެސް ޤައުމަކުން ރަސްމީކޮށް އެއްޗެއް ނުބުނާއިރު، އދ ވެސް އޮތީ ހަމަ ހިމޭނުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close