ބޭރުދުނިޔެ

ޣައްޒާގެ ރައްޔިތުން ބަދަލުކުރާނީ ރައްކާތެރި ސަރަޙައްދުތަކަށް: ޓްރަމްޕް

ޣައްޒާގެ ރައްޔިތުން ބަދަލުކުރާނީ އެހެން ރައްކާތެރި ސަރަހައްދުތަކަކަށް ކަމަށާ އެގޮތް ޣައްޒާގެ ރައްޔިތުންނަށް ވެސް މާރަނގަޅުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެވަޑައިގަންނަވާ ކަމަށް ވައިޓް ހައުސްއިން ބުދަ ދުވަހު ހާމަކޮށްފިއެވެ.

ADS BY: Maldivian
ވައިޓް ހައުސްގެ ސްޕޯކްސްޕާސަން ކެރޮލައިން ލެވިޓް ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު ވައިޓް ހައުސްގައި ބޭއްވުނު ބައްދަލުވުމެއްގައި ޓްރަމްޕް އާއި ޖޯޑަންގެ ކިންގް އަބްދުﷲ ދެވަނަ ވަނީ ޣައްޒާގެ މުސްތަޤްބަލާ މެދު “ވަރަށް ދިގުކޮށް” މަޝްވަރާކުރައްވާފައެވެ.

ކިންގް އަބްދުﷲ އެދިވަޑައިގަންނަވަނީ ފަލަސްތީނުގެ ރައްޔިތުން މިހާރު ތިބި ތަނުގައި ތިބެ، އިތުރު ބިންތައް ތަރައްޤީއަށް ބޭނުންކުރުމަށް. އޭރުން މިހާތަނަށް ނުފެންނަވަރުގެ ވަޒީފާގެ ފުރުސަތުތަކެއް އުފެދިގެންދާނެ. ނަމަވެސް ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުން ރައްކާތެރި ސަރަހައްދުތަކަކަށް ބަދަލުކުރުން މާ ރަނގަޅުވެ، މާ މަޖެސްޓިކްވާނެ،” ލެވިޓް ވިދާޅުވިއެވެ.

ސަރަހައްދުގެ އަރަބި ބައިވެރިންނަށް ވަނީ ރައީސްއަށް ހުށަހެޅުމަށް ސުލްހައިގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ހަވާލުކުރެވިފައި، އަދި އަޅުގަނޑުމެން ސަރަހައްދުގެ އަރަބި ބައިވެރިންނާއެކު މަސައްކަތްކުރަމުން ގެންދާއިރު، އަޅުގަނޑުމެންގެ އެކުވެރި އިސްރާއީލާއެކުވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން ގެންދަން”ލެވިޓް ވިދާޅުވިއެވެ.

ޓްރަމްޕްއާ ބައްދަލުކުރެއްވުމަށްފަހު ކިންގް އަބްދުﷲ ވިދާޅުވީ ޣައްޒާ އަދި ހުޅަނގު އައްސޭރީގެ ފަލަސްތީނު ރައްޔިތުން ބަދަލުކުރުމާ ދެކޮޅަށް ޖޯޑަންގެ ސާބިތު ސިޔާސަތު އަލުން ހާމަކުރެއްވި ކަމަށެވެ. “މިއީ އެރެބިއަން ޤައުމުތަކުގެ އެއް ސިޔާސަތު،” އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުން މަޖުބޫރުން ބަދަލުކުރުމުގެ ޓްރަމްޕްގެ ހުށަހެޅުން ވަނީ ފަލަސްތީނުގެ ރައްޔިތުންނާއި، އެރެބިއަން އަދި މުސްލިމު ދުނިޔެއިން ފުޅާ ދާއިރާއެއްގައި ދެކޮޅުހަދާފައެވެ.

މި ހުށަހެޅުން އައީ ޖެނުއަރީ 19 ގައި ޣައްޒާގައި އަމަލުކުރަން ފެށުނު ހަނގުރާމަ ހުއްޓާލުމުގެ ނާޒުކު އެއބަސްވުމާ ދިމާކޮށެވެ. މި ހުއްޓުމުގެ ސަބަބުން އިސްރާއީލްގެ 15 މަސްދުވަހުގެ ހަމަލާތައް ވަގުތީގޮތުން މަޑުޖެހުނެވެ. މި ހަމަލާތަކުގައި 48,200 އަށްވުރެ ގިނަ މީހުން މަރުވެ، ޣައްޒާ ވަނީ ބަރުބާދުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close