ވަޓްސްއެޕް މެދުވެރިކޮށް މަސްތުވާތަކެތި ވިއްކި މީހަކު މަރަން ހުކުމްކޮށްފި
ޔޫއޭއީ: އަބޫދާބީގެ ކްރިމިނަލް ކޯޓުން ޕާކިސްތާނުގެ ރައްޔިތަކު މެރުމަށް ހުކުމް ކޮށްފައި މިވަނީ، އޭނާ ވިޔަފާރި ކުރުމުގެ ނިޔަތުގައި މަސްތުވާތަކެއްޗާއި ސައިކޯޓްރޮޕިކް މާއްދާތައް ގެންގުޅުނު ކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ.
އަދި އަތުލައިގަނެވުނު ތަކެތި ނައްތާލުމުގެ އިތުރުން، އެ ޖަރީމާގައި ބޭނުންކުރި ކާރާއި ފޯނު އަތުލުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ދައުވާ ލިބޭ ފަރާތާ ދެކޮޅަށް މައްސަލަ ހުށަހެޅީ އަބޫދާބީގެ އެންޓި ނާކޮޓިކްސް ސެކްޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ތުހުމަތު ކުރެވޭ މީހާ އަކީ އެ ޤައުމުން ބޭރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހަކާ މުއާމަލާތްކޮށް، މަސްތުވާތަކެއްޗާއި ސައިކޯޓްރޮޕިކް މާއްދާތައް ޕްރޮމޯޓް ކުރުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ބުނެ އެވެ.
ޓްރެފިކް ކުރާ މީހާ ޔޫއޭއީގައި ދިރިއުޅޭ އެހެން މީހުން މެދުވެރިކޮށް އޭނާއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ޑެލިވަރީ ކުރަމުން އަންނަ ކަމަށާއި، އެ ތަކެތި ވަޓްސްއެޕް މެދުވެރިކޮށް އެހެން މީހުންނަށް ފޮނުވާނީ ޑީލަރަށް ފޮޓޯ އާއި ކޮންޓެކްޓް ޑީޓެއިލް ފޮނުވުމުގެ ކުރިން އެކި ތަންތަނުގައި ގަވާއިދާ ހިލާފަށް ހުރި ތަކެތި ފޮރުވައިގެން ކަމަށް ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މި ހަގީގަތްތައް ފުލުހުންގެ ތަހުގީގުތަކުން ސާބިތުވެފައިވާ ކަމަށާއި، ތުހުމަތު ކުރެވޭ މީހާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށާއި، އޭނާގެ ގެއާއި ވެހިކަލް ބަލާ ފާސްކުރުމަށް އަބޫދާބީޕަބްލިކް ޕްރޮސިކިއުޝަނަށް އަންގާފައިވާ ކަމަށެވެ.
ޕަބްލިކް ޕްރޮސިކިއުޝަނުން ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، ތުހުމަތު ކުރެވޭ ފަރާތުގެ ގެއަށް ފުލުހުންގެ ފައުޖެއް ފޮނުވައި، އެމީހުން ހައްޔަރުކޮށް، އޭނާ ބަލާ ފާސްކުރި އެވެ. ޝައްކު ކުރެވޭ ކްރިސްޓަލައިން މާއްދާއެއް އެ މީހާގެ ގައިން ފެނިފައިވާ ކަމަށާއި އެ މާއްދާ އަކީ މަނާ ސައިކޯޓްރޮޕިކް މާއްދާއެއް ކަމަށް ބެލުމަށް ފަހު ބުންޏެވެ. އަދި ސޯޝަލް މީޑިއާގައި މަސްތުވާތަކެތި ޕްރޮމޯޓް ކުރުމަށް އޭނާ ބޭނުން ކުރަމުން ދިޔަ ފޯނެއް ވެސް ކަމާބެހޭ ފަރާތްތަކަށް ވަނީ ފެނިފަ އެވެ.



ކީކޭދެން ބުނާނީ މަހީކުރީ ރާއްޖޭގައި ހިނގި ކަމެއްކަމަށް