ބޭރުދުނިޔެ

ޕީއޯޑަބްލިއު ކޭމްޕް ބޮމުގެ ހަމަލާ ތަހްގީގު ކުރުމަށް އދއާއި ރެޑް ކްރޮސްއަށް ރަޝިޔާއިން ދައުވަތު ދީފި

ޕީއޯޑަބްލިއު ކޭމްޕް ބޮމުގެ ހަމަލާ ތަހްގީގު ކުރުމަށް އދއާއި ރެޑް ކްރޮސްގެ ތަޖުރިބާކާރުންނަށް ރަޝިޔާއިން ދައުވަތު ދީފިއެވެ.

ރަޝިޔާގެ ދިފާއީ ވުޒާރާއިން އާދީއްތަ ދުވަހު ބުނެފައިވަނީ، ޑޮނޭޓްސްކް ޕީޕަލްސް ރިޕަބްލިކް (ޑީޕީއާރް)ގައި ހުންނަ ޑިޓެންޝަން ސެންޓަރެއްގައި ގޮއްވާލި ބޮމުގެ މައްސަލަ ތަހްގީގު ކުރުމަށް އދއާއި ރެޑް ކްރޮސްގެ މިނިވަން ތަޖުރިބާކާރުންނަށް ރަސްމީކޮށް ދައުވަތު ދީފައިވާ ކަމަށެވެ. ހުކުރު ދުވަހު ދިން ބޮމުގެ ހަމަލާގައި 50 ގައިދީން މަރުވެ، އިތުރު އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

“ޔޫކްރެއިންގެ ހަނގުރާމައިގެ އެތައް ސިފައިންނެއް މަރުވެ، ޔޫކްރެއިންގެ އެތައް ގައިދީންނެއް މަރުވި ޔެލެނޮވްކާގައި ހުންނަ ޑިޓެންޝަން ސެންޓަރަށް ދިން ހަމަލާގެ އޮބްޖެކްޓިވް ތަހުގީގެއް ހިންގުމުގެ މަސްލަހަތުގައި، ރަޝިއާ ފެޑެރޭޝަނުން ވަނީ އދ އާއި އިންޓަނޭޝަނަލް ރެޑް ކްރޮސް ކޮމިޓީގެ ތަޖުރިބާކާރުންނަށް ރަސްމީކޮށް ދައުވަތު އަރުވާފައެވެ،” މިނިސްޓްރީން ބުންޏެވެ.

ޑޮނޭޓްސްކްގެ ދެކުނުގައި އޮންނަ ޔެލެނޮވްކާގައި ހުންނަ މި ފެސިލިޓީގައި ޔޫކްރެއިންގެ އެތައް ސަތޭކަ ގައިދީންނެއް ބައިތިއްބާފައި ވެއެވެ.

ރަޝިއާގެ އަސްކަރިއްޔާއިން ކުރިން ނެރުނު ބަޔާނެއްގައި ވާގޮތުން މި ހަމަލާ ދީފައިވަނީ އެމެރިކާއިން އުފައްދާފައިވާ ހިމާރަސް މަލްޓިޕްލް ރޮކެޓް ލޯންޗަރުބޭނުންކޮށްގެންނެވެ.

“ޔޫކްރެއިންގެ މީހުންނާ ދެކޮޅަށް ލޭ އޮހޮރުވުން ތައް ހުއްޓުވުމުގެ ހުރިހާ ސިޔާސީ، ޖިނާއީ އަދި ސުލޫކީ ޒިންމާ އުފުލަން ޖެހެނީ އަމިއްލަ ހައިސިއްޔަތުން ޒެލެންސްކީ އާއި އޭނާގެ ޖިނާއީ ވެރިކަމާއި ވޮޝިންޓަން، އެ މީހުންނަށް ތާއީދުކުރާ މީހުން،” މޮސްކޯ އިން ބުންޏެވެ.

ޔޫކްރެއިންގެ އަސްކަރިއްޔާއިން ހުކުރު ދުވަހު ބަޔާނެއް ނެރެފައި ވަނީ ރަޝިއާ ސިފައިން އެ ސިޓީއަށް ބޮން އަޅަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. މޮސްކޯއިން ޖަލު ހަލާކުކޮށްލީ ކިއޭވްގެ ބޮލުގައި އިލްޒާމް އެޅުވުމުގެ އިތުރުން “ގައިދީންނަށް ކުރާ އަނިޔާއާއި މަރުގެ ހުކުމް ތައް ފޮރުވުމަށް” ކަމަށް އެ ބަޔާނުގައި ތުހުމަތުކޮށްފައި ވެއެވެ.

ނަމަވެސް ޑީޕީއާރްގެ އަސްކަރިއްޔާއިން ލަފާދިނީ އެއީ ޔޫކްރެއިންގެ ކަމާ ބެހޭ ފަރާތްތަކުން އެ ފެސިލިޓީއަށް “ގަސްދުގައި” އަމާޒުކުރަން ޖެހޭ ސަބަބެއް ނެތްކަމަށެވެ. ޖުމްހޫރިއްޔަތުގެ ވެރިޔާ ޑެނިސް ޕުސިލިން ވިދާޅުވީ، “އަޒޯވް” މެމްބަރުން ދިޔައީ އެމީހުންގެ ކޮމާންޑަރުން ހަނގުރާމައިގެ ޖަރީމާތައް ހިންގިދާނެ ކަމުގެ ހެކި ތައް ދެމުން ކަމަށެވެ. ޑީޕީއާރް މިލިޝިއާގެ ތަރުޖަމާނު އެޑުއާޑް ބަސޫރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، “އަޒޯވް” ގައިދީން ބަންދުކޮށްފައި ތިބީ ކޮންތާކުކަން ކިއޭވްގެ ކަމާބެހޭ ފަރާތްތަކަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.

އަނެއްކޮޅުން، ވެރިރަށް ކިއޭވްގައި ސަރުކާރާ ޚިލާފަށް، ވޮޝިންޓަންގައި ތިބި ޔޫކްރެއިންގެ ތާއީދުކުރާ ފަރާތްތަކުން މޮސްކޯއަށް ދިން ބޮމުގެ ހަމަލާގެ ޒިންމާ އުފުލަން އަވަސްވެނުގަންނަ ކަމަށް ވެއެވެ.

އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ތަރުޖަމާނު ޖޯން ކާރބީ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، “މި ރިޕޯޓްތަކާ މެދު ބުއްދިވެރިކަމާއެކު ވާހަކަ ދައްކާނެ އެކަށީގެންވާ މައުލޫމާތެއް އަހަރެމެންނަށް އަދި ނުލިބޭ” ކަމަށެވެ. 

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close