ޝަރުތަތަކާއެކު ޝެއިހް ފަޒްލޫން ދޫކޮށްލައިފި، ނިޝާން އަދިވެސް ޖަލުގައި
ޔޯގާ ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ދީނީ އިލްމުވެރިޔާ ޝެއިހް ފަޒްލޫން މުހައްމަދު ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ. އެކަމަކު ފަޒުލޫނުއާއި އެކު ހައްޔަރުކުރި ޝައިޚް ނިޝާން އަދިވެސް ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
އެނގިފައިވާ ގޮތުގައި ފަޒްލޫން ޔޯގާގެ ހަރަކާތް ހުއްޓުވުމުގައި ބައިވެރިވިކަމުގެ ހެއްކެއް ލިބިފައެއް ނުވެއެވެ.
ފަޒްލޫން ހައްޔަރުކޮށް މަހެއްހާ ދުވަސް ވަންދެން ބަންދުގެ މުއްދަތު ޖެހި އިރު، އޭނާ ދޫކޮށްލީ އެންމެ ފަހުން ޖެހި ބަންދުގެ މުއްދަތު ހަމަނުވަނީހެވެ. އަދި އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކުގައެވެ.
އެކަމަކު، އެއީ ކޮން ޝަރުތުތަކެއް ކަމެއް ސާފެއް ނުވެއެވެ.
ޕީޕީއެމްއަށް ނިސްބަތްވާ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުަހައްމަދު އިސްމާއިލްވެސް އެ މައްސަލައިގައި ހުރީ ހައްޔަރުކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރި ހަ މީހަކު މިހާތަނަށް ވަނީ ދޫކޮށްލާފައެވެ.
އިލްމުވެރިން ހައްޔަރުކޮށްގެން އުޅޭތީ ގިނަ ބަޔަކު ދަނީ ސަކުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ކިޔަމުންނެވެ.
ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުން މިނިވަންކުރަން ގޮވާލައި “މިނިވަންކުރޭ މިނިވަންކުރޭ” ނަމުގައި އިދކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިހުތިޖާޖެއް ވެސް މިރޭ ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެެ.


ތިޔައިން އެކަކުވެސް ދޫކުރާނެ ކަމެއްނެތް