ޚަބަރު

ރަތަފަންދޫގައި ގޭސްފުޅިއެއް ގޮވައިގެން ފިހުނު މީހާ ނިޔާވެއްޖެ


ގދ.ރަތަފަންދޫގައި މިދިޔަ ހަފްތާގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެން މީހާ ނިޔާވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހެނދުނު މިހާދިސާ ހިނގާފައިވަނީ، ގޭސް ލީކު ވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. މި ހާދިސާގައި ފިހުނު އަންހެން މީހާ މާލެ ގެނެސްފައިވަނީ އެމްއެންޑީއެފްގެ ހެލިކޮޕްޓަރެއްގައި ކާޑެއްދޫ މަގުން ބުރާސްފަތި ދުވަހުއެވެ.

އޭރުއްސުރެ ފެށިގެން އެ މީހާއަށް އައީ އައިޖީއެމްއެޗްގައި ފަރުވާ ދެވެމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close