ޚަބަރު

މުޑުދާރު، ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށުމުން ފިޔަވަޅު ނާޅާ ދޫކޮށްނުލާނެ: އިމްރާން

މުޑުދާރު ފާހިޝް އަމަލުތައް ލޯމަތީ ތަކުރާރުވާނަމަ ގާނޫނީ ހަމަތަކުގެ ތެރެއިން އަޅަންވާ ފިޔަވަޅު ނާޅާ ދޫކޮށްނުލައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން މިގޮތަށް ވިދާޅުވެފައި މިވަނީ އެއް ޖިންސުން ގުޅުން ހިންގުން އާންމުވެ، ސިޔާސީ ޕާޓީތަކުގެ ނުފޫޒު ގަދަ ބައެއް ބޭފުޅުންނާއި ދިވެހިންތަކެއް އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބުނާ ވީޑިއޯތަކެއް ލީކްކޮށްލާފައިވާ ވަގުތެއްގައެވެ. އަދި ވީޑިއޯތަކުގެ މައްސަލަ އެންމެ އެކަށޭނެ ގޮތެއްގާ ބަލަމުންނުދާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރާއި އަދާލާތު ޕާޓީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ، އަދާލަތު ޕާޓީގެ ރައީސްކަން ވެސް ކުރައްވާ އިމްރާން މިއަދު ވިދާޅުވީ ދީނުގެ ހުދޫދު ނެތިކޮށް، ގައުމުގެ އިޖްތިމާއީ ފޭރާން ވީދާ، ﷲގެ ކޯފާ ގައުމަށް ހުށަހެޅޭ ފަދަ ހަޑިހުތުރު، މުޑުދާރު، ފާހިޝް އަމަލުތައް ލޯމައްޗަށް ތަކުރާރުވާން ފެށުމުން ފިޔަވަޅު ނާޅާ ދޫކޮށްނުލާނެ ކަމަށެވެ.

އިމްރާން އެގޮތަށް ވިދާޅުވި ނަމަވެސް، ލިވާތުކުރާ ވީޑިއޯތައް ލީކުވެފައިވާ މީހުންނާ މެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް ނާޅާ، ސަރުކާރުގެ ހިމާޔާތުގާ ތިބޭ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ. ހަމައެހެންމެ، ދީނަށް ފުރައްސާރަކުރި އެތައް ބަޔަކާ މެދުގައި ވެސް ފިޔަވަޅެއް އެޅިފައިނުވާތީ އެތައް ބަޔަކު އަންނަނީ އަދާލަތާއި އިމްރާނަށް ފާޑު ކިޔަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close