ބޭރުދުނިޔެ

ސޯމާލިއާ އެއާޕޯޓަކަށް މަތިންދާ ބޯޓެއް ވެއްޓިއްޖެ، ހުރިހާ ފަސިންޖަރުން ސަލާމަތްވި: ބީބީސީ

މޮގަދިޝޫ (ބީބީސީ) – ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ އެއާޕޯޓަކަށް ފަސިންޖަރުން އުފުލާ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.

މިހާދިސާގައި ބޯޓްގައި އަލިފާން ރޯވެ ބޯޓް ގޮވި ކަމުގައި ވީނަމަވެސް ބޯޓުން ދަތުރުކުރި އެއްވެސް މީހަކު މަރުނުވާ ކަމަށް ބީބީސީން ވަނީ ރިޕޯޓްކޮށްފައެވެ.

 ބޯޓުގައި ދަތުރުކުރި 30 މީހުން ކަމަށާއި،  ދަތުރުކުރި އެންމެންވެސް ވަނީ ސަލާމަތްވެފައި ކަމަށްވެސް ބީބީސީން ބުނެއެވެ.

މަންޒަރު ފެންނަ ވީޑިއޯއިން ފެންނަ ގޮތުގައި މަތިންދާބޯޓު ފުރޮޅާލާފައިވަނީ ފްލައިޓް ޖައްސަން އުޅުމުގެ ތެރޭގައެވެ.

ރަންވޭމަތިން ފަޔަރ ޓްރަކްތައް ކައިރިވެ، ފަޔަރ ފައިޓަރުން ވެއްޓުނު މަތިންދާބޯޓު ސަލާމަތް ކުރަން ފެށުމާއެކު ކަޅު ދުންގަނޑެއް ވައިގެ ތެރެއަށް އުފުލިގެން ދިޔަތަން ފެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close