ބޭރުދުނިޔެ

ފަރަންސޭސިވިލާތުގެ ކުރީގެ ރައީސް އަވަހާރަވެއްޖެ

ފަރަންސޭސިވިލާތުގެ ކުރީގެ ރައީސެއްކަމަށްވާ ވެލަރީ ޖިސްކާޑެސްޓާން އަވަހާރަވެއްޖެއެވެ. ވެލެރީ ޖިސްކާޑެސްޓާން އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅުގައެވެ.

ޖިސްކާޑެސްޓާންގެ އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އަވަހާރަވީ ކޮވިޑް ޖެހި ހުންގަދަވުމާ އެކު ނޭވާލުމަށް ދަތިވުމާއި އެނޫން ވެސް ކޮވިޑްގެ ސަބަބުން ހަށިގަނޑަށް ލިބެމުންދިޔަ ވޭންތަކެއް ތަހައްމަލް ކުރައްވަމުން ގެންދަނިކޮށެވެ.

ފަރަންސޭސި ރިޔާސީ ގަނޑުވަރުކަމަށްވާ އެލިޒޭ އިން ވެސް ވަނީ އުމުރުފުޅުން 94ގައި ވެލަރީ ޖިސްކާޑެސްޓާން އަވަހާރަވިކަން ކަށަވަރުކޮށްދީފަ އެވެ. ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯންވަނީ ޖިސްކާޑެސްޓާން ގެ އާއިލާއާ ގުޅުއްވައި ތައުޒިޔާ ވެސް ވިދާޅުވެފަ އެވެ.

ިސްކާޑެސްޓާން ފަރަންސޭސި ރައީސްކަމުގައި ހުންނެވީ 1974 އިން 1981 އަށެވެ. ޔޫރަޕްގެ ޖަމާއަތް ޔޫރަޕިޔަން އިކޮނޮމިކް ކޮމިއުނިޓީ، ޔޫރަޕިޔަން ކޮމަން މާކެޓް އަދި އެންމެފަހުން ޔޫރަޕްގެ އިއްތިޙާދުގެ ނަމަށް އެޖަމާއަތް ބަދަލުވެގެން ގޮސްފައިވާއިރު އެ ޖަމާއަތުގައި ފަރަންސޭސިވިލާތް ރަނގަނޅަށް ހަރަކާތްތެރިވާން ފަށާފައި ވަނީ ޖިސްކާޑެސްޓާންގެ ވެރިކަމުގަ އެވެ.

ފަރަންސޭސިވިލާތުގައި ބޯދާގޮތަށް ހުރި ގިނަ ގާނޫނުތައް ޕާލަމެންޓަށް ހުށަހަޅައިގެން އެ ގާނޫނުތައް އިސްލާހުކޮށް ޒަމާނީ ކުރީވެސް ޖިސްކާޑެސްޓާންގެ ވެރިކަމުގަ އެވެ. ޖިސްކާޑެސްޓާންގެ ޖަނާޒާ ބާއްވާނީ އާއިލީ ފެންވަރުގައި އާދައިގެ ގޮތަކަށް ނުރަސްމީކޮށް ކަމަށް އޭނާގެ އާއިލާއިން ބުނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close