ޚަބަރު

މި ޕާޓީ މެމްބަރުންނާއި، އަޅުގަނޑު ވެސް ޖަލަށް ލާނެ ކަން އެނގޭ، އެކަމަކު ވެސް ދުލެއް ނުކުރެވޭނެ: ރައީސް ނަޝީދު


ޑިޕްލޮމެޓުންނާއި ދިމާކުރާ އަދި މުޅި ރާއްޖެ ހަލާކުކުރާ ހައްދުފަހަނައެޅި މީހުން މަތީ މަގާމްތަކުގައި ބައިތިއްބާފައި މި ޕާޓީ މެމްބަރުން ޖަލަށް ލާނެ ކަމަށާއި، އަދި އެމަނިކުފާނުވެސް ޖަލަށް ލާނެ ކަން އެނގިވަޑައިގަންނަވާކަމަށާއި، އެކަމަކު ވެސް ދުލެއް ނުކުރެވޭނެކަމަށް މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޤައުމީ މަޖިލިސް ވަޓްސްއަޕް ގްރޫޕަށް ނަޝިދު ފޮނުއްވި މެސެޖުގައި ވަނީ ސަރުކާރާއި ބައެއް ވަޒީރުންގެ ބޭނުމަށް އެމަނިކުފާނާއި އެމަނިކުފާނުގެ ކޮއްކޮ “ކަތިލި”ނަމަވެސް ނުގުޑާނެކަމަށެވެ.ނަޝިދު ވިދާޅުވީ، މީގެ ކުރިން ފެންމަތިވި ކަންކަމުގައި ވެސް ނާޒިމް ގެންދިޔަ ގޮތަށް ހާޒިރުކޮށް ސުވާލެއް ނުކުރާކަމަށެވެ. ނާޒިމް އެއްޖިންސުން ގުޅުންހިންގިކަމަށް ތުހުމަތުކޮށް ދައުރުވާ ވީޑިއޯއަށް އިޝާރާތްކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، “ނާޒިމްގެ ޕާސްޕޯޓް ހިފަަހައްޓައިފި. ދެން އޭނާ ކުޑަގޮޅިއަށް ލާނެ،”ކަމަށެވެ. ނަޝިދު ވިދާޅުވީ މެންބަރު އަނދުން ހުސެއިން ފުލުހަށް ގެންގޮސްގެންނުވާނެކަމަށާއި، އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާވެސް ބެހިގެން ނުވާނެކަމަށެވެ.

ނަޝިދު މިހެން ވިދާލުވެފައިވާއިރު މެންބަރު ސަލީމަށް ތުހުމަތުކޮށްވެސް ބަރަހަނާ ވީޑިއޯއެއް ދައުރުެވއެވެ. ނަމަވެސް ސަލީމް ވަނީ އެ ވީޑިއޯ ދޮގުކޮށްފައެވެ. ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް މެމްބަރު ސަލީމް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކުށެއްކަމަށް ކަނޑައަޅުއްވާފައިވާ އަދި އިސްލާމީ ޝަރީއަތުގައި ކަނޑައެޅިގެން ހަރާމްކަމެއް ކަމަށް ކަނޑައަޅުއްވާފައިވާ ފަދަ އަމަލެއް އޭނާ ކޮށްފައިވާ ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެވޭގޮތަށް އެއްވެސް ޙަޤީޤަތެއް އަސާސެއް ނެތް ވާހަކަތަކެއް ލިޔެ ދައުރުކޮށްފައިވާ ކަމަށެވެ.

ނަޝީދު މިއަދު ތުހުމަތުކުރެއް ކުރެއްވި ގޮތުގައި ގިނަ ބައެއްގެ ފޮޓޯ ނަގާފައިވަނީ ފުލުހުންނާ ގުޅިގެންނެވެ.

މި ހުރިހާ ފޮޓޯއެއް ނުކުންނާނެ. އަޅުގަނޑުމެންނަކަށް ޕޮލިސް ތެރެ އިސްލާހެއް ނުކުރެވުނު. ރައީސުލްޖުމްހޫރިއްޔާއަކަށް އެއްގޮތަކަށް ވެސް މި ކަމެއް ނުވި..

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ދެ ފިރިހެނަކު ބަދުއަހުލާގީ އަމަލު ހިންގާ ވީޑިއޯއެއްގެ މައްސަލައިގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރުގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އަދި، މިފަދަަ މައްސަލަތަކެއްގައި ގިނަ އަދަދެއްގެ ބަޔަކަށް ބްލެކްމެއިލް ކުރުމުގެ މައްސަލަތަކެއް ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ޑިޕްލޮމެޓުންނާއި ދިމާކުރާ އަދި މުޅި ރާއްޖެ ހަލާކުކުރާ ހައްދުފަހަނައެޅި މީހުން މަތީ މަގާމްތަކުގައި ބައިތިއްބާފައި މި ޕާޓީ މެމްބަރުން ޖަލަށް ލާނީ. އަޅުގަނޑު ވެސް ޖަލަށް ލާނެ ކަން އެނގޭ. އެކަމަކު ވެސް ދުލެއް ނުކުރެވޭނެ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

ނާޒިމްގެ ވީޑިއޯ އާންމުވުމުން ފުލުހުން ބުނީ، އެ ވީޑިއޯގެ މައްސަލަ އާއި އެފަދަ ވީޑިއޯތަކެއް ބޭނުންކޮށްގެން ގިނަ ބަޔަކު ބްލެކްމެއިލް ކުރާ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެއް ކޮމެންޓް

  1. ބަލަ މިހިރަ ލާދީނީ ކޮއްކޮ ނާޒިމް އެކަން ނުކުރަނީތޯއ ތިބުނަނީ?

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close