ޚަބަރު

ފަޅުރަށްރަށާއި، ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހަކީ ޖަޒީރާ ރާއްޖެގެ ސިޔާސަތާއި ދިމާ އިދިކޮޅު އިސްލާހެއް – ވައްޑެ

ލާމަރުކަޒީ ޤާނޫނާއި ފުށޫ އަރާ ޤާނޫނުތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ފަޅުރަށްރަށާއި، ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހަކީ ޖަޒީރާ ރާއްޖެގެ ސިޔާސަތާއި ދިމާ އިދިކޮޅު އިސްލާހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

އެއިސްލާހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ މިއީ ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކަށް ބޮޑެތި ބާރުތައް ދިނުމަށްފަހު، އެބާރުތައް ހިފެހެއްޓޭ ގޮތަށް ހުށަހެޅިފައިވާ އިސްލާޙެއކަމަށެވެ. އަދި އެގޮތަށް ޤާނުނުތައް މަޖިލީހަށް ހުށަހެޅުމަކީ އެއްވެސް ވަރަކަށް ތާއީދު ކުރައްވާނެ ކަމެއް ނޫންކަމަށެވެ.

އޭނާ ވިދާޅުވީ ފަޅު ރަށްތަކަކީ ހަމައެކަނި ރާއްޖޭގެ ތިބޭ މުއްސަދިން ރިޒޯޓް ހަދަން ބޭނުންކުރާ ރަށްތަކަށް ވެގެން ނުވާނެކަމަށެވެ. އެރަށްތަކަކީ ރައްޔިތުން އުފާކޮށްލަން ބޭނުން ކުރާވޭ ފަދަ ރަށްތަކަށްވެސް ވާންޖެހޭކަމަށެވެ. ނަމަވެސް ފެނިގެންދަނީ ސަރުކާރުގެ މުއައްސަސާތަކުން މިއަދު ފަޅު ރަށްތަކަށް އެއްވެސް އަޅާލުމެއްނެތި ތަންތަން ފަނާވެ ދިއުމަށް ދޫކޮށްލާފައިވާ މަންޒަރުކަމަށެވެ.

އޭނާ ވިދާޅުވީ އއ.އަތޮޅުގެ ވެލިފޮނޮޅު މައްސަލަ ހިނގަމުންދިޔައީ ކުރީ ސަރުކާރު އޮވެގެންނަމަ އެކަމާއި ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ކޮށްލާނެ ވަރު އިހުސާސް ކުރެވޭކަމަށެވެ. ނަމަވެސް މިއަދު ސަރުކާރު އޮވެ އެކަން ކުރުމުންވެސް ސަމާލުކަން ނުދޭކަމީ ހިތާމަ ކުރާ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރެވޭނީ ވަކި ކުލައެއްގެ ލިޕްސްޓިކެއް ތުންފަތުގައި ކާއްތައި، ވަކި ކުލައެއްގެ ޓައިއެއް އަޅައިގެން ނޫންކަމަށެވެ.

ވަހީދު ވަނީ މޮހޮނަށް އޮޑިދޭ އުސޫލުން ކައުންސިލްތަކަށް ބާރުތައް ދޭން އުޅޭ އުޅުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ކައުންސިލްތަކުންނާއި، ރައްޔިތުން މަޖިލީހުން ކުރާ މަސައްކަތް ގާތުން ބަލައި މިކަންކަމަށް ހުށަހަޅަންޖެހޭ ޚިޔާލު ހުށަހެޅުއްވުމަށް އެނާ ވަނީ އެދި ވަޑައިގެންފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close