ޚަބަރު

މާލޭގައި ދެ ގްރޫޕެއް ދެމެދު ގައި މާރާމާރީއެއް ހިންގައިފި


މާލޭގައި މާފަންނު ގަޑިބުރު ކައިރީގައި ދެ ގްރޫޕެއްގެ ދެމެދުގައި ބޮޑު މާރާމާރީއެއް ހިންގައިފި ކަމުގެ މަޢުލޫމާތު ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިންގާފައިވަނީ މިރޭގެ އިރާކޮޅުގެ ވަގުތެއްގައެވެ.

ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިމާރާމާރީއަކީ ކޮންމެވެސް ވަރަކަށް ފުލުހުންނަށް އެކަމުގެ މަޢުލޫމާތު ކުރިން ލިބިފައިވާ މާރާމާރީއެކެވެ.

މާރާމާރީ ހިނގި ސަރަޙައްދުގައި އުޅުނު ބައެއް ޒުވާނުންގެ އަތުގައި ތޫނު ހަތިޔާރާއި ދަނގަޑު ބުރި ފަދަ ތަކެތި ހުއްޓެވެ.،

މިމާރާމާރީއާއި ބެހޭ މާބޮޑު މައުލޫމާތެއް އަދި ލިބިފައިނުވާއިރު އެސަރަޙައްދުގައި އެވަގުތު ތިބި ޢާއްމުންގެ ތެރެއިން ބައެއް މީހުން ބުނެފައިވަނީ ދެގުރޫޕްގެ މެދުގައި މާރާމާރީ ހިނގިނަމަވެސް އެއްވެސް މީހަކަށް ސީިރިއަސް އަނިޔާއެއް ލިބިފައިވާ ކަން އެނގިފައިނުވާކަމަށެވެ.

މިހާދިސާއާއި ގުޅުގެން ފުލުހުންގެ މީޑިއާ އޮފިޝަލް “ވަގުތަށް” ވިދާޅުވިކަމަށް އެނޫހުގައި ބުނެފައިވަނީ ، މާލޭގެ ދެ ގްރޫޕެއް ދެމެދު މާރާމާރީއެއް ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރާކާތްތެރިވަމުން އަންނަ ކަމަށެވެ.

މާރާމާރީއާއި ވައްކަމާ ފޭރުން ފަދަ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރާއި، ފުލުހުން ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކޮންމެވެސް ވަރަކަށް މިފަދަ ހާދިސާތައް މަދުކުރެވިފައިވާ ކަން ފާހަގަކުރެވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close