ޚަބަރު

ތޫފާން މަންޑޫސް ގައި 65-75 ކިލޯމީޓަރަށް ވައިގަދަވާނެ: އިންޑިއާގެ މުސުމާބެހޭ އިދާރާ

އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާ (އައިއެމްޑީ) އިން ނެރުނު އެންމެ ފަހުގެ މޫސުމާ ބެހޭ ބުލެޓިންގައި ބުނެފައި ވަނީ ތޫފާން މަންޑޫސް އޮތީ ހުޅަނގު ދެކުނު ބޭ އޮފް ބެންގާލްގެ ކަރައިކަލްގެ 270 ކިލޯމީޓަރުގެ އިރު ދެކުނުގައި ކަމަށެވެ.


ތޫފާން މިހާރު ހުޅަނގަށް ދަތުރުކުރަމުންދާއިރު، ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު 65-75 ކިލޯމީޓަރުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ވަނީ ބުނެފައެވެ.


މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ޓެމިލް ނާޑޫ، ޕުޑުޗެރީ، ކަރައިކަލް އަދި އަންދްރަ ޕްރަދޭޝްއަށް ބޯކޮށް ވާރޭ ވެހޭނެ ކަމުގެ އިންޒާރު ދީ، ސަލާމަތްކުރުމުގައި އެހީތެރިވެދޭ ޓީމުތައް އެލާޓަށް ގެނެސްފަ އެވެ.


ތޫފާން މަންޑޫސްއާ ގުޅިގެން އަންނަ ހުކުރު ދުވަހު އިންޑިއާގެ ޕުޑުޗެރީ އާއި ކަރައިކަލްގެ ސްކޫލްތަކާއި ކޮލެޖުތައް ބަންދުކުރާނެ ކަމަށް އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އޭ ނަމަސިވަޔަމް ވަނީ ވިދާޅުވެފަ އެވެ.


ތޫފާން މަންޑޫސްގެ އަސަރު ނުސީދާކޮށް ދިވެހިރާއްޖެއަށްވެސް ކުރާނެކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ވަނީ ރޭ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close