ދީން

ނަމާދު ކުރަން ހުއްޓާ އަނެއްނަމާދަށް ބަންގި ގޮވުމުން ދެން ހަދާނީ ކިހިނެއްތޯ؟

ސުވާލު:

ގުޅުންހުރި ލިޔުންތައް

ނަމާދަށް ހުއްޓާ އަނެއްނަމާދަށް ބަންގި ދޭން ފެށީމާ ނަމާދު ކުރުން ހުއްޓާލަން ޖެހޭނެތޯއެވެ. ނޫނީ އެ ނަމާދު ފުރިހަމަ ކުރާނީ ތޯއެވެ؟

ޖަވާބު:

ކުރަން ހުރި ނަމާދު ފުރިހަމަ ކުރާނީއެވެ.

ޖަވާބު ދެއްވީ : ޑރ. މުޙައްމަދު އިޔާޟް ޢަބުދުއްލަތީފް

ނަމާދާ މެދު ފަރުވާ ކުޑަނުކުރައްވާށެވެ.

އެއްވެސް އަޅުކަމަކަށް ދެވިފައިނުވާ މަޤާމެއް އިސްލާމްދީނުގައި ނަމާދަށްދެވިފައިވެއެވެ. ކީރިތި ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

 ” ދީނުގެ އަޞްލަކީ ނަމާދެވެ. އަދި އޭގެ ތަނބުތަކަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲގެ މަގުގައި ޖިހާދު ކުރުމެވެ. ” ( ރަވާޙު އައްތިރްމިޒީ ).

ނަމާދަކީ އަޅުކަންތަކުގެތެރެއިން އެންމެ ފުރަތަމަ ﷲ ވާޖިބު ކުރެއްވި އަޅުކަމެވެ. ކީރިތި ރަސޫލާ މިޢުރާޖަށް އަރައިވަޑައިގެންނެވި ރޭގައި އެއްވެސް ވާހިޠާއެއްނެތި އެކަލޭގެފާނުގެ މައްޗަށް މާތްﷲ އެނަމާދު ފަރުޟު ކުރެއްވިއެވެ.

އަދި ނަމާދަކީ ﷲ ގެ ޙައްޤު ތަކުގެ ތެރެއިން ޤިޔާމަތްދުވަހު އެންމެ ފުރަތަމަ އަޅާގެ ޙިސާބު ބެއްލެވޭނެ ޢަމަލެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close