މީހުން ގެ ރުހުން ހޯދުމަށް އުޅުނު ހިނދު…
~ މީހުން ގެ ރުހުން ހޯދުމަށް އުޅުނު ހިނދު… ~
))އިމާމް އައްޝާފިޢީ رحمه ﷲ ގެ ޅެމަކުން))….
އަހަރެން ހުނީމެވެ. ދެން އެމީހުން ބުންޏެވެ.
” ތިބާ ލަދުރަކިވެ މަޑުމޮޅިވުން ކީއްތޯއެވެ.
އަހަރެން ރުއީމެވެ. ދެން އެމީހުން ބުންޏެވެ.
” ތިބާ ހިނިތުންވެލުން ކީއްތޯއެވެ. “
އަހަރެން ހިނިތުންވެލީމެވެ. ދެން އެމީހުން ބުންޏެވެ.
” އޭނާ ކަންދައްކަނީއެވެ. “
އަހަރެން މޮޅިވީމެވެ. ދެން އެމީހުން ބުންޏެވެ.
” އަހަރެން ގެ އަސްލު ކުލަ އެ ދައްކަން ފެށީއެވެ.”
އަހަރެން ހަނު ހުރީމެވެ. ދެން އެމީހުން ބުންޏެވެ.
” އަހަރެންނަކީ ކޮށި ދުލެއް އޮންނަ މީހެކެވެ. “
އަހަރެން ބަސް ބުނީމެވެ. ދެން އެމީހުން ބުންޏެވެ.
” އަހަރެން މާ އަނގަ ގަދައީއެވެ. “
އަހަރެން ބަހެއް ނުބުނެ ކެތް ކުރީމެވެ.
އެމީހުން އެއަށް ފިޑިކަން، ކަމުގައި ބުންޏެވެ.
އަދި ބުންޏެވެ.
” އަހަރެންނަކީ ޖެހިލުންކުޑަ ގަދަފަދަ މީހެއް ނަމަ ބަދަލުހިފީހެވެ. “
އަހަރެން ތަންކޮޅެއް ހިތްވަރު ނެރެލި ހިނދު އެއީ ހިކުމަތްތެރިކަމެއް ނެތި އަވަސްވެ ގަތުމާއި ފަރުވާކުޑަކަން ކަމުގައި އެމީހުން ބުންޏެވެ. އަދި އަހަރެން މެދު މިނެއްގައި ހިފަހެއްޓިނަމަ ނޫންހޭ ބުންޏެވެ.
އަހަރެން ނޫނެކޭ ބުނި ހިނދު އަހަރެން މީ ފާޑެއްގެ މީހެއް ކަމަށް އެމީހުން ބުންޏެވެ.
އަހަރެން އެއްބަސްވުމުން އަހަރެންނަކީ ކަނުކޮށް ތަބާވާ މީހެއް ކަމުގައި ބުންޏެވެ.
އެހެންކަމުން އެނގިކަށަވަރު ވަނީ މީހުންގެ ރުހުން ހޯދުމަށް ގަދައަޅާ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ފާޑުކިޔުން ނޫން އިތުރު އެއްވެސް އެއްޗެއް ނުލިބޭނެ ކަމެވެ.
އެހެންކަމުން މީހުންނާއި މެދު އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން މަސައްކަތް ކުރާ ހުށި ﷲ ގެ ރުއްސެވުން ހޯދުމަށެވެ.
