ބޭރުދުނިޔެ

ކަރާޗީ ޔުނިވާސިޓީއަށް ދިން ހަމަލާ އެމެރިކާއިން ކުށްވެރިކޮށްފި

ކަރާޗީޔުނިވާސިޓީގައި ޗައިނާގެ ތިން ޓީޗަރަކާއި ޕާކިސްތާނުގެ ޑްރައިވަރަކު މަރާލި ޖާނުން ފިދާވުމުގެ ހަމަލާ އެމެރިކާއިން ކުށްވެރިކޮށްފައިވާއިރު، ކޮންމެ ތަނެއްގައި ވެސް ޓެރަރިސްޓް ހަމަލާއެއް ދިނުމަކީ އިންސާނިއްޔަތަށް ކުރެވޭ ނިކަމެތި ކަމެއް ކަމަށް އެމެރިކާއިން ވަނީ ބުނެފަ އެވެ.

ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އިން ބުރުގާ އަޅައިގެން ހުރި އަންހެނަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާއަކީ ޕާކިސްތާނުގައި ތިބި ޗައިނާގެ ރައްޔިތުންނަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.

“ޕާކިސްތާނުގެ ކަރާޗީ ޔުނިވާސިޓީއަށް ދިން ޓެރަރިސްޓް ހަމަލާ އަޅުގަނޑުމެން ވަރަށް ބޮޑަށް ކުށްވެރިކުރަން. އަޅުގަނޑުމެން ތަކުރާރުކޮށް މިއަދު ކުށްވެރިކުރަން. ކޮންމެ ތަނެއްގައި ހުރެގެން ވެސް ޓެރަރިސްޓް ހަމަލާއެއް ދިނުމަކީ އިންސާނިއްޔަތަށް ކުރެވޭ ވަރަށް ބޮޑު ނިކަމެތި ކަމެއް،” ބުދަ ދުވަހު ބޭއްވި އޭނާގެ ޑެއިލީ ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި އެވެ.

މި ހަމަލާއަށްފަހު، ބީއެލްއޭ އިން ވަނީ މި ހަމަލާގެ ޒިންމާ ސޯޝަލް މީޑިއާގައި އުފުލައި، ބޮން ގޮއްވާލި މީހާއަކީ ޝާރީ ބަލޫޗް ނަމަކަށް ކިޔާ އަންހެނެއް ކަމަށާއި، އޭނާއަކީ ވަރަށް ތައުލީމީ ދެ ކުދިންގެ މަންމައެއް ކަމަށާއި، އޭނާއަކީ ވަރަށް ފޯރާ އާއިލާއަކަށް ނިސްބަތްވާ މީހެކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެއީ އޭނާގެ އުފަން ރަށް ކަމަށްވާ ތުރްބަތު، ބަލޫޗިސްތާނުގައި ސްކޫލް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އަންހެނެއް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޕްރައިސް އިތުރަށް ވިދާޅުވީ، އެމެރިކާއިން ޕާކިސްތާނާއެކު އޮންނަ ގުޅުމުގެ އަގު ވަޒަން ކުރާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close