ބޭރުދުނިޔެ

ބަޣުދާދުގެ އެއާޕޯޓަކަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފި

އިރާގުގެ ވެރިރަށް ބަޣުދާދު އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕައުންޑަށާއި ކައިރީގައި ވާ އެމެރިކާގެ ވައިގެ މަރުކަޒަކަށް މަދުވެގެން ތިން ރޮކެޓް ވެއްޓުނު ކަމަށާއި އޭގެ ސަބަބުން ބޭނުން ނުކުރާ މަދަނީ މަތިންދާ ބޯޓަކަށް ގެއްލުންވެފައިވާ ކަމަށް އިރާގުގެ ފުލުހުންގެ މަސްދަރުތަކުން ބުނެފި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ނުލިބެ އެވެ. ހަލާކުވެފައިވާ މަތިންދާ ބޯޓަކީ އިރާގު އެއާވޭސްގެ މަތިންދާ ބޯޓެއް ކަމަށް އެ މީހުން ބުނެ އެވެ.

އިރާގުގެ ދައުލަތުގެ ނޫސް އޭޖެންސީން އެގައުމުގެ އޭވިއޭޝަން އޮތޯރިޓީއާ ހަވާލާދީ ބުނެފައިވަނީ ދަތުރުފަތުރަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށެވެ.

ކޭމްޕް ވިކްޓްރީގެ ނަމުން މަޝްހޫރުވެފައިވާ އެމެރިކާގެ ވައިގެ މަރުކަޒަކީ ބަޣުދާދުގެ މަދަނީ ވައިގެ ބަނދަރުގެ ވަށައިގެން ވާ ތަނެކެވެ.

އިރާގުގައި އެމެރިކާ ސިފައިން ތިބުމާ ދެކޮޅު މިލިޓަރީ ގްރޫޕްތަކަށް އަމާޒުކޮށް އެމެރިކާ އާއި އިރާގުގެ ބައެއް އޮފިޝަލުން ދޭ ރޮކެޓް ހަމަލާތަކުގެ ސަބަބުން އެ ކޮމްޕްލެކްސް އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close