ނ.އަތޮޅުން ފެށިގެން ތ.އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ.
ޔެލޯ އެލާޓު ނެރެފައިވަނީ ނ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެ ލާޓު ނެރެފައިވަނީ މިރޭ9:00 ން ދަންވަރު1:00 ގެ ނިޔަލަށެވެ.
މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.
މުޅި ރާއްޖެއަށް މިހާރު ދަނީ ވިއްސާރަ ކުރަމުންނެވެ. އެގޮތުން ހުރިހާ ސަރަހައްދަކަށްވެސް22 މޭލާއި27 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރާއިރު ވިލާގަނޑުގައި45 މޭލަށް ވައި ގަދަވާނެ އެވެ.
މެޓުން ބުނީ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.
މެޓް އޮފީހާއި އެމްއެންޑީއެފް ކޯސްޓުގާޑުން ވަނީ މޫސުން ސަމާލުވުމަށާއި ކަނޑު ދަތުރު ކުރާއިރު މޫސުމަށް ބަލައި ދަތުރު ފެށުމަށް އިލްތިމާސް ކޮށްފަ އެވެ.

