އަމިއްލަ ގައުމު ދޫކޮށް ފިލައިގެން ދާ ޔޫކްރެއިންގެ ރައްޔިތުންގެ އަދަދު 5.2 މިލިއަނާ ގާތަށް
ހަނގުރާމައިގެ ސަބަބުން އަމިއްލަ ގައުމުން ފިލައިގެން ދާ ޔޫކްރެއިންގެ ރައްޔިތުންގެ އަދަދު 5.2 މިލިއަނާ ގާތަށްއަރައިފިއެވެ.
އދގެ ރެފިއުޖީ އޭޖެންސީން ހޮނިހިރު ދުވަހު ބުނެފައިވަނީ، ރަޝިޔާގެ އިންގިލާބަށްފަހު ގައުމުން ފިލައިގެން ގޮސްފައިވާ ޔޫކްރެއިންގެ ރައްޔިތުންގެ އަދަދު 5.2 މިލިއަނާ ގާތްކުރަމުންދާ ކަމަށެވެ.
ޔޫއެންއެޗްސީއާރް އިން ބުނި ގޮތުގައި ޖުމްލަ 5،163،686 މީހުން ފިލައިގެން ޤައުމު ދޫކޮށް ގޮސްފައިވާއިރު، އެ އަދަދަކީ ބުރާސްފަތި ދުވަހުގެ ޑޭޓާއަށް ވުރެ 29،939 އިތުރު އަދަދެކެވެ.
އޭޕްރީލް މަހުގެ މިހާތަނަށް ޔޫކްރެއިންގެ 1،128،000 އެއްހާ މީހުން އެހެން ޤައުމުތަކަށް ގޮސްފައިވާއިރު، މުޅި މާޗް މަހު 3.4 މިލިއަން މީހުން ވަނީ ފިލައިގެން ގޮސްފަ އެވެ.
ގައުމުން ބޭރަށް ފިލައިގެން ދާ މީހުންގެ 90 ޕަސެންޓް ހިއްސާކުރަނީ އަންހެނުންނާއި ކުޑަކުދިން ކަމަށްވާއިރު، އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ފިރިހެނުންނަށް އަސްކަރީ އެހީތެރިކަމަށް ޔޫކްރެއިންގެ ސަރުކާރުންވަނީ އެދިފައެވެ.



