ދީން

ލައިލަތުލް ޤަދުރިއަކީ ހަމަ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ އެއްރޭގެ އެއްވަގުތެއްގައި އަންނަ ރެއެއްތޯއެވެ؟

ސުވާލު

ލައިލަތުލްޤަދްރިއަކީ ކޮބާ؟ ލައިލަތުލް ޤަދުރިއަކީ ހަމަ ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހުގެ އެއްރޭގެ އެއްވަގުތެއްގައި އަންނަ ރެއެއްތޯއެވެ؟

ޖަވާބު:

ލައިލަތުލް ޤަދްރިއަކީ މާތް ﷲ މިއުއްމަތަށް ނިޢުމަތް ކުރައްވާފައި، އެއިލާހުގެ ޢިލްމުފުޅުގައި ސިއްރެއްގެ ގޮތުގައި ލައްވާފައިވާ ރެއެކެވެ.

އެރެއަކީ ކޮބައިކަން އެނގިވޮޑިގެންވަނީ ހަމައެކަނި ﷲއަށެވެ. މިކަމުގެ ސިއްރަކީ އެރޭ ހޯދުމަށްޓަކާ މުސްލިމުން ބޮޑަށް މަސައްކަތް ކުރުމެވެ. އަޅުކަމުގައި ބޮޑަށް މަޝްޣޫލުވުމެވެ.

ގުޅުންހުރި ލިޔުންތައް

ހަމަ ގައިމު އެއީ ރޯދަމަހުގެ ރެއެކެވެ. ނަމަވެސް އެމަހުގެ ކޮން ރެއެއްކަން އެއީ އެކަކަށް ވެސް އެނގޭ ކަމެއް ނޫނެވެ. މާތް ﷲ ކީރިތި ރަސޫލާއަށް ވެސް ސާފުކޮށް އެކަން އަންގަވާފައި ނުވެއެވެ. ގިނަ ޙަދީޘުތަކުން ސަބިތުވާ ގޮތުން އެނގެނީ އެއީ އޮނަހިރި ރެއެއް ކަމެވެ. ބައެއް ޙަދީޘުތަކުން ފަހު ދިހައިގެ އޮނަހިރި ރެއެއްކަންވެސް ދޭހަވެއެވެ.

ދަންނަބޭކަލުންގެ ބަސްފުޅުތައް އެކަމުގައި ތަފާތުވެފައި އޮތީވެސް މިސަބަބާހުރެއެވެ. ކީރިތި ރަސޫލާއާއި ބައެއް އަޞްޙާބު ބޭކަލުންނަށް ވަނީ އެރޭ ލިބިވަޑައިގެންފައެވެ. އެއާމެދު އައިސްފައިހުރި ޙަދީޘުތަކަށް ބަލާއިރު އަޅުގަނޑަށް ދޭހަވަނީ ކީރިތި ރަސޫލާއަށް އެރޭ ފެނިވަޑައިގެންފައި ވަނީ އެކިއަހަރުގައި އެކި ރޭރޭގައި ކަމެވެ.

އެހެންކަމުން އެއީ ކަނޑައެޅޭ ވަކިރެއެއް ނޫނެވެ. އެދުވަސް ލިބިގަތުމަށްޓަކައި އަޅުގަނޑުމެންނަށް އޮތީ މުޅި ރޯދަމަހު ވީހާބޮޑަށް މަސައްކަތް ކުރުމެވެ. ކޮންމެހެން ހިސާބު ހަދައިގެން ބެލުމުގެ ބޭނުމެއް ނެތެވެ.

އައްޝައިޚް ޙުސެއިން ރަޝީދު އަޙްމަދުގެ ލިޔުއްވުމަކުން

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close