ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާން ޖެހިއްޖެނަމަ އެކަމަށްވެސް ފަސްނުޖެހޭނެކަމަށް ރަޝިއާއިން ބުނެފި
ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާން ޖެހިއްޖެހާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށްވެސް ފަސްނުޖެހޭނެކަމަށް ރަޝިއާއިން ބުނެފިއެވެ.
ކްރެމްލިންގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯވް ސީއެންއެންއަށް އަންގާރަ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ރަޝިޔާއިން ނިއުކްލިއަރ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރާން ޖެހިއްޖެހާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށްވެސް ފަސްނުޖެހޭނެކަމަށާއި، އެކަމަކު އެ ހަތިޔާރު ބޭނުންކުރާނީ އެގައުމުގެ އަމިއްލަ ވަންތަކަން ނުރައްކަލަށް ހުށަހެޅިއްޖެނަމަ އެކަނި ކަމަށެވެ.
“ރައީސް [ވްލަޑިމިއާ] ޕޫޓިން ގަސްތު ކުރައްވަނީ މުޅި ދުނިޔެ އަޅުގަނޑުމެންގެ ކަންބޮޑުވުންތައް އަޑުއަހައި، އެކަންބޮޑުވުންތައް ދެނެގަތުމަށް. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ، އަޅުގަނޑުމެންގެ ކަންބޮޑުވުންތައް، މުޅި ދުނިޔެއަށް، ޔޫރަޕަށް، އެމެރިކާއަށް، ހާމަކޮށްދެވޭތޯ. އެކަމަކު އެއްވެސް މީހަކު އަހަރެމެންގެ އަޑެއް ނާހާނެ، އަދި ވަގުތު ފާއިތުވުމުގެ ކުރިން، އަހަރެމެންގެ ބޯޑަރު ކައިރީގައި އުފެއްދި ރަޝިއާއާ ދެކޮޅު ކަންކަމުން ސަލާމަތްވުމަށް ހާއްސަ އަސްކަރީ އޮޕަރޭޝަނެއް ފެށުމަކީ ނިންމި ނިންމުމެއް،” ޕެސްކޯވް ވިދާޅުވި އެވެ.
“އަޅުގަނޑުމެންގެ ޑޮމެސްޓިކް ސެކިއުރިޓީގެ ކޮންސެޕްޓެއް އެބައޮތް. އެއީ ޢާންމުކޮށް؛ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ޖެހޭ ހުރިހާ ސަބަބުތަކެއް ކިޔާލެވިދާނެއެވެ. އެހެންވީމާ، އެއީ އަޅުގަނޑުމެންގެ ޤައުމަށް އޮތް އޮގްޒިލިއަންސް ނުރައްކަލެއް ކަމަށްވަންޏާ، އަޅުގަނޑުމެންގެ ކޮންސެޕްޓާ އެއްގޮތަށް އެ ބޭނުންކުރެވޭނީ.”
ޕެސްކޯވް ގެ މި ވާހަކަފުޅަކީ ރަޝިޔާއިން ޔޫކްރެއިންއަށް ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެރިތާ ގާތްގަނޑަކަށް ހަތަރު ހަފްތާ ފަހުން ނެރުނު ބަޔާނެކެވެ.
އޭގެ ދުވަސްކޮޅެއް ފަހުން ޕޫޓިން ވަނީ ރަޝިއާގެ ނިއުކްލިއާ ބާރުތަކަށް ހައި އެލާޓްގައި އަމުރު ކުރައްވައި، ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ “ހަރުކަށި [އަދި] ނާޖާއިޒު ދަތިކުރުމުގެ ފިޔަވަޅުތަކަކީ” އޭގެ ސަބަބެއް ކަމަށް ވިދާޅުވެ، ރަޝިއާގެ ނިއުކްލިއާ ބާރުތަކަށް އަމުރު ކުރައްވާފައެވެ.
އޭގެ އަނެއް ދުވަހު ރަޝިއާގެ ނިއުކްލިއާ މިސައިލް ފައުޖުތަކާއި އުތުރު އަދި ޕެސިފިކްގެ ފްލީޓްތައް ވަނީ ހަނގުރާމައިގެ ޑިއުޓީ ބޮޑުކޮށްފަ އެވެ.





