ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އަސަދު އަރަބި ޤައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޔޫއޭއީއަށް
2011 ވަނަ އަހަރު ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އަރަބި ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެންފިއެވެ.
ސޫރިޔާގެ ރައީސްގެ އޮފީހުގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަސަދު ޔޫއޭއީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހް މުހައްމަދު ބިން ރާޝިދު އަލް މަޚްތޫމްއާ ބައްދަލުކުރެއްވި ކަމަށެވެ. ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގެ ސަބަބުން މިހާތަނަށް އެންމެ ސާފު ސިގްނަލެއް ލިބިގެންދަނީ، ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދު ސޫރިޔާގެ ރައީސްކަމަށް އަލުން ގެނައުމަށް އަރަބި ދުނިޔެ ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް ކަމަށް ވެއެވެ.
22 މެމްބަރުންގެ މައްޗަށް އެކުލެވޭ އަރަބި ލީގުން ސޫރިޔާ ބޭރުކޮށް، އަވަށްޓެރި ގައުމުތަކުން ސޫރިޔާ ބޮއިކޮޓް ކުރީ، މީގެ 11 އަހަރު ކުރިން ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތައް ހޫނުވެ، ސޫރިޔާގެ މަސްރަހު ވަރަށް ބޮޑަށް ހަލަބޮލިވެފައި ވަނިކޮށެވެ.
ސޫރިޔާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކުރި މި ހަނގުރާމައިގައި އެތައް ލައްކަ ބަޔަކު ވަނީ މަރުވެފައެވެ. ސޫރިޔާގެ ބޮޑު ބައެއް ހަލާކުވެ، އަލުން އާރާސްތުކުރުމަށް އެތައް ބިލިއަން ޑޮލަރެއް ޚަރަދުވާނެއެވެ.
އަރަބި އަދި ހުޅަނގުގެ ގައުމުތަކުން އާންމު ގޮތެއްގައި އަސަދުގެ ބޮލުގައި އިލްޒާމް އަޅުވަނީ 2011 ވަނަ އަހަރު ދާހިލީ ހަނގުރާމައަކަށް ބަދަލުވެ، ހަނގުރާމައިގެ ކުރީކޮޅު އިދިކޮޅު ފަރާތްތަކަށް ވާގިވެރިވެ، އެ ގައުމުގައި ކުރި ވަރުގަދަ މުޒާހަރާތަކާ ގުޅިގެންނެވެ.
ހަނގުރާމަ ހުއްޓުމަކަށް އައިސް، އަސަދު އަލުން ކޮންޓްރޯލް ހޯއްދަވަމުން ގެންދަވަނީ ރަޝިޔާއާއި އީރާނުގެ އަސްކަރީ އެހީގެ ސަބަބުންނެވެ.
ގަލްފުގެ ގައުމުތަކުގައި ސުންނީ މުސްލިމް ގައުމުތަކަށް އޮތް އެންމެ ބޮޑު މަގުސަދަކީ ސީރިއާގެ ހަނގުރާމައިގެ ކޯޅުންގަނޑުގެ ތެރޭގައި އެ ގައުމުގެ ނުފޫޒު ވަރަށް ބާރަށް ފުޅާވަމުން އަންނަ ކަމަށް ދެކޭ ޝިޔައީންގެ ބާރުގެ ދަށުގައި އޮތް އީރާނުގެ ބައިވެރިވުން ކުޑަކުރުމެވެ.
ޔޫއޭއީގެ ރަސްމީ ނޫސް އޭޖެންސީ، ޑަބްލިއު.އޭ.އެމް އިން ބުނީ އެޤައުމުގެ ހަޤީޤީ ވެރިޔާ ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާން އަބޫދާބީގައި ހުންނަ އޭނާގެ ގަނޑުވަރަށް ސޫރިޔާގެ ބައްޝާރުލް އަސަދަށް މަރުޙަބާ ކިޔާކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ޝައިޚް މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި، މި ދަތުރުފުޅަކީ ސޫރިޔާއަށާއި، މުޅި މި ސަރަޙައްދުގެ ހަމަޖެހުމާއި ޞުލްޙަމަސަލަސްކަމުގެ ފެށުން ކަމުގައި ވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރިޕޯޓުގައި ބުނެފައި ވަނީ އަސަދު ވަނީ ސީރިއާގައި ހިނގަމުންދާ ކަންކަމުގެ އެންމެ ފަހުގެ މައުލޫމާތު ޝެއިޚް މުހައްމަދަށް އަރުވާފައި ކަމަށާއި ދެ ލީޑަރުން ވަނީ އަރަބި ދުނިޔޭގައި ދެ ގައުމުގެ މަސްލަހަތާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައި ކަމަށެވެ. އަސަދު ޔޫއޭއީއިން ފުރާވަޑައިގެންނެވީ އަބޫދާބީން ހުކުރު ދުވަހު ކަމަށް ރިޕޯޓްތައް ބުނެއެވެ.



