ޕީޖީގެ މުވައްޒަފުން ދިރިއުޅުމުގެ ކަންކަން ހަމަޖައްސަނީ ސިކުނޑީގެ ހުނަރު ވިއްކައިގެން: ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެ މީހުންގެ ސިކުނޑީގެ ހުނަރު ވިއްކައިގެން ދިރިއުޅުމުގެ ހަރަދުތައް ބަލަހައްޓާބައެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ބަންޑާރަ ނައިބު އޮފީހުގެ ރެކްރިއޭޝަން ކުލަބު، ބަންޑާރަ ކުލަބުން އިސްނަންގަވައިގެން، މާރިޗު އެއް ވަނަ ދުވަހުން ހަތް ވަނަ ދުވަހަށް، ޝަރްޢީ އަދި ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ މީހުންނާއި އިދާރާތަކަށް ހުޅުވާލައްވައިގެން ބާއްވާ ފުޓްސަލް މުބާރާތުން ލިބިގެންދާނެ ފައިދާތަކާއި ގުޅޭ ގޮތުން ޕީޖީ ޝަމީމްގެ އަމިއްލަ ބްލޮގްގައި ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ މި މުބާރާތުގެ ސަބަބުން ދެ ކަމެއް ހާސިލްވާނެކަމަށެވެ.
ޝަމީމް ވިދާޅުވި ޕީޖީ އޮފީހުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެ މީހުންގެ ސިކުނޑީގެ ހުނަރު ވިއްކައިގެން ކައިގެން ބޮއެގެން އުޅޭ ބައެއް ކަމަށާއި ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށް، ނަފްސާނީ ބަލިތަކުން ދުރުވެ ތިބުމަށްޓަކައި، ހަށިގަނޑުގެ ދުޅަހެޔޮކަމަކީ ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ކަމެއް ކަމަށެވެ.
މީގެއިތުރުން ޝަމީމް ވިދާޅުވީ ކުޅިވަރުގައި އަންނާނީ މޮޅުވާ ފަހަރާއި ބަލިވާ ފަހަރު ކަމަށާއި މޮޅުވާ ޓީމު، އިޙްތިރާމާއި އިޙްސާންތެރިކަމާއި، އޯގާތެރިކަމާއެކު މޮޅުވާން ކުޅިވަރުން ދަސްކޮށްދޭއިރު މޮޅުވާ ކޮންމެ ފަހަރަކު، ތިމާގެ އީގޯ އިންތިހާއަށް މަތިވެ، އެހެން މީހުންނަށް އިޙްތިރާމް ކުޑަކުރާނަމަ، އަދި ކުޅިވަރު ދަސް ނުވަނީ ކަމަށެވެ.
އޭނާ ވިދާޅުވީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ މުހިއްމުކަން ކުޅިވަރުގެ ތެރެއިން ދަސްގެވެންދާނެ ކަމަށެވެ.



Subuhaanallaahi, mi adhi aadhaige viyfaarieh noon thaa!