ޚަބަރު

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ގުދަންތަކެއް ގާއިމުކުރަނީ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވެފައިވާ ގުދަންކުރުމުގެ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، މާލެ ސަރަހައްދާއި ކުޅުދުއްފުށި އަދި އައްޑޫ ސިޓީގައި ސްޓޯރޭޖް ފެސިލިޓީތަކެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވުމަށްފަހު ނިންމެވި ނިންމެވުމެއްކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުގެ މަގުސަދަކީ ކުދި ވިޔަފާރިތަކަށް އަގުހެޔޮކޮށް މުދާ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖައްސައިދީ، ވިޔަފާރިތައް ކުރިއެރުވުމަށް އެހީތެރިވުންކަމަށެވެ. މީގެ އިތުރުން، އެމްޕީއެލް މެދުވެރިކޮށް މުދާ ކްލިއަރ ކުރުމުގެ މަސައްކަތް ހަލުވިކުރުމަށާއި، ގެސްޓްހައުސްތަކަށް ކޯޓާ ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށް ވެސް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންކަމަށް އެމިނސްޓްރީން ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ އިނާޔަތްތަކެއް ދިނުމަށް ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މިގޮތުން ގާއިމުކުރެވޭ ގުދަންތަކުގެ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި އާންމުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close