ޚަބަރު

އިތުރު 59 މީހަކަށް ރާއްޖެއިން ކޮވިޑް ޖެހިއްޖެ

އިތުރު 59 މީހަކަށް ރާއްޖެއިން ކޮވިޑް ޖެހިއްޖެ ކަމަށް އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ޕޮޒިޓިވްވީ 44 ދިވެހިންނާއި، ބަންގްލަދޭޝްގެ 14 މީހެއްގެ އިތުރުން އިންޑިއާ މީހެއްކަމަށެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 3103 މީހުންނަށްވަނީ އިތުރުވެފައެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، އިއްޔެއާ މިއަދު ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި ސްކޫލުތަކުގެ ބައެއް މުވައްޒަފުން ހިމެނޭ ކަމަށެވެ.

ބަލިޖެހިގެން ފަރުވާދޭ މީހުންގެ އަދަދު ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުންދިއުމާއެކު މިހާރުވަނީ 676އަށް އިތުރުވެފައެވެ. އަދި މިއަދު އެއްވެސް މީހަކު ކޯވިޑް-19އިން ރަނގަޅުވެފައި ނުވެއެވެ. މިހާތަނަށް ރަނގަޅުވި މީހުންގެ ޖުމަލް ޢަދަދަކީ 2397އެވެ.

އެޗްޕީއޭއިން ވިދާޅުވީ މިއަދުވެސް ބަލިޖެހުނު މީހުންނާ ކޮންޓެކްޓްވި 246 ކޮންޓެކްޓުން ފާހަގަކުރެވުނުކަމަށާއި، ވޭތުވެދިޔަ ހަފްތާގައި ކޮންޓެކްޓުންގެ ގޮތުގައި 1026 މީހުން ރަޖިސްޓްރީކުރެވުނުކަމަށެވެ.

ރާއްޖޭގައި ބަލި ހުރިތޯބެލުމަށް ނެގި ސާމްޕަލްތަކުގެ ޢަދަދު މިހާރުމިވަނީ 69370އަށް އިތުރުވެފައެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ނަގާފައިވަނީ 674 ސާމްޕަލެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close