ޚަބަރު

ކޯވިޑް ޖެހިގެން އައްޑޫއިން 97 އަހަރުގެ މީހަކު ނިޔާވެއްޖެ

ރާއްޖޭގައި ކޯވިޑް-19 އަށް ފަރުވާ ދެމުން ދިޔަ އިތުރު މީހަކުނިޔާވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ ނިޔާވީ އުމުރުން 97 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ ނިޔާ މިއަދު ހަވީރު 5:15 ގައި އެވެ.

ނިޔާވި އިރު އެމީހައަށް ފަރުވާ ދެމުން ދިޔައީ އައްޑޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެވެ.

މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 293 ވަނަ މީހާ އެވެ. މެދުކެނޑުމަކަށް ފަހު ކޯވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވަނީ މިދިޔަ މަހު އެވެ.

ރާއްޖޭގެ ކޯވިޑްގެ ހާލަތަށް ބަލާއި އިރު ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 166،000 އަށް އަރާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close