ޚަބަރު

ސްޓާލިންކް އިންޓަނެޓް ރާއްޖެއަށް ދިނުމަށް މަޝްވަރާކޮށްފި



އެމެރިކާގެ މަހުޖަން އިލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން ޖައްވަށް ފޮނުވާފައިވާ ސްޓާލިންކް ސެޓެލައިޓްތައް މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް ހޯދުމަށް މަޝްވަރާ ކޮށްފި އެވެ.


އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި މުޅި ދުނިޔެއަށް ދަށް ލޭޓެންސީގައި، ހައި ސްޕީޑް ބްރޯޑްބޭންޑް އިންޓަނެޓް ފޯރުކޮށްދިނުމަށް ސްޕޭސްއެކްސް ކުންފުނިން ގެންގުޅޭ ޕްލޭނާ ގުޅޭ ގޮތުން މަޝްވަރާކުރި ކަމަށެވެ.

އެ ބައްދަލުވުމުގެ ސްޕޭސްއެކްސް ކުންފުނިން އިންޓަނެޓް ފޯރުކޮށްދޭ އަގުތަކާއި ލިބޭނެ ފައިދާއާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްފައެވެ.

ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ރާއްޖެއަށް ދިނުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވާއިރު މި ސަރަހައްދަށް ސްޓާލިންކްގެ ޚިދުމަތް ލިބެން ފެށުމުން އެ ޚިދުމަތް ރާއްޖޭގައި މަނާ ކުރުމުގެ ވިސްނުމެއް ނެތް ކަމަށް މިނިސްޓަރު ޝައުނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ސްޓާލިންކަކީ ސެޓެލައިޓް ނެޓްވޯކެއްގެ ތެރެއިން ސީދާ އިންޓަނެޓް ފޯރު ކޮށްދޭ ގޮތަށް އުފައްދާފައިވާ ޓެކްނޮލޮޖީ އެކެވެ. މިހާތަނަށް ސްޕޭސް އެކްސްއިން 1800 އަށް ވުރެ ގިނަ ސެޓެލައިޓް ޖައްވަށް ފޮނުވާލާފައިވާއިރު ސްޓާލިންކްގެ ހިދުމަތަކީ މަހު ފީއެއް ދައްކައިގެން ބޭނުން ކުރެވޭ ހިދުމަތެކެވެ. މި ޚިދުމަތް ބޭނުންކުރެވެނީ މަހަކު 99 ޑޮލަރުގެ ފީއެއް ދައްކައިގެންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close