ޚަބަރު

ޗެއަރޕާސަންގެ ރޭހުގައި ޢަމުރު ވާދަނުކުރައްވަން ނިންމަވައިފި


އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް ވާދަކުރެއްވުމުގެ ޝަޢުޤުވެރިކަން ފާޅުކުރެއްވުމަށްފަހު، އެ މަޤާމަށް ވާދަނުކުރައްވާނެކަން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު އިއްޔެ ހަމަވެ، އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެމްޑީޕީން މިހާރު ވަނީ ހުޅުވާލާފައެވެ. މިއާއެކު މިހާތަަނަށް އެ މަޤާމަށް ވާދަކުރައްވާނެކަމަށް ހާމަކުރެއްވީ ޢަމްރުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ސްޕޯކްސް ޕާރސަން އިމްތިޔާޒް ފަހުމީއެވެ. އަދި އެބޭފުޅުންނަށް ތަޢީދުކުރައްވާ ފާރަތްތަކުން ވަނީ ޕްރޮމޯޓްކުރުމަށް ކެމްޕެއިން ފަށްޓަވާފައެވެ.

ނަމަވެސް ވާދަވެރިކަން ބޮޑު އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމަށް މިހާރު ވާދަ ނުކުރައްވާނެކަން އެސްޓީއޯގެ އެމްޑީ ޢަމްރު މިވަނީ ހާމަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

މަޢުލޫމާތު ލިބިފައިވާގޮތުގައި އެމްޑީޕީގެ އެންމެ އިސް ފަރާތްތަކުން ބޭނުންވަނީ ޗެއަރޕާސަންގެ މަޤާމަށް އިމްތިޔާޒް ފަހުމީ އިންތިޚާބުކުރުމަށެވެ. އެގޮތުން އިމްތިޔާޒް އެ މަޤާމަށް ވާދަކުރައްވާނެކަން ހާމަކުރެއްވީ އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދުގެ އެދިވަޑައިގަތުމަކަށްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ އޭޕްރީލް މަހުގެ 16 ވަނަ ދުވަހުއެވެ. އަދި އެ މަޤާމަށް ޥާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 19އާއި ހަމައަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close