ދޫނިތައް މަރާލި މައްސަލައިގަ ކަން ހިނގި ގޮތުގެ ރިޕޯޓެއް ހުށަހަޅަން ރައީސް އަންގަވައިފި
ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެ ކުރި ދޫނިތަކެއް މަރާލި މައްސަލައިގަ ކަން ހިނގާދިޔަ ގޮތް ލިޔުމުން އެންގުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ފިޝަރީޒް މިނިސްޓްރީއަށް އަންގްވައިފި އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު، އޮކްޓޯބަރު އަދި ނޮވެމްބަރު މަހު އެތެރެ ކުރި އެ ދޫނިތައް މަރާލީ ނޭވާ ހާސްކޮށްލައިގެން ކަމަށްވެ އެވެ. އޭގެ ތެރޭގައި120 ދޫނި ހިމެނެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވީ އެ މައްސަލައިގަ ކަން ހިނގާދިޔަ ގޮތުގެ ރިޕޯޓެއް ހުށަހަޅަން ރައީސް އަންގަވާފައިވާ ކަމަށެވެ.

