ނ އަތޮޅު ފެރީގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައިފި
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ އަތޮޅު ފެރީގައި ހުރި ފޮށިގަނޑަކުން މަސްތުވާތަކެތި ހޯދައިފި އެވެ.
ފުލުހުން ބުނެފައިވަނީ މިފެބްރުއަރީ މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނަކީ ނ. ހޮޅުދޫ ގައި ހިންގި އޮޕަރޭޝަނެއްކަމަށެވެ. ފުލުހުން ބުނީ މިއީ، ނ. އަތޮޅު ފެރީގައި މަސްތުވާތަކެތި ހުރިކަމަށް ހޮޅުދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
އެ އޮޕަރޭޝަނުގައި، އެ ފެރީގައިހުރި ފޮށިގަނޑެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.




