ރިޕޯޓް

190 ބިލިއަން ޑޮލަރުގެ ކުރިއެރުމަކާއެކު އެމޭޒަން އަށް ރެކޯޑް އަދަދަކަށް ފައިދާވެއްޖެ

190 ބިލިއަން ޑޮލަރުގެ ފައިދާއަކާއެކު އެމޭޒަން އަށް ރެކޯޑް އަދަދަކަށް ފައިދާވެއްޖެއެވެ. އެގޮތުން އޮންލައިން ރީޓެއިލް އަދި ކްލައުޑް ކޮމްޕިއުޓިން ގެ ހިއްސާތައް 13.5 އިންސައްތަ މައްޗަށް ވަނީ އަރައިފައެވެ.

ރިފިނިޓިވް ޑޭޓާ އިން ދައްކާ ގޮތުގައި އައިފޯން އުފައްދާ ކުންފުނީގެ އަމިއްލަ ބްލޮކްބަސްޓާ ކުއާޓާލީ ރިޕޯޓާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ހިއްސާގެ ބާޒާރުގެ އަގުން އެޕަލް އިންކް އަށް އެއް ދުވަހުގެ ކުރިއެރުމެއް ލިބުނު އިރު، އެ ރެކޯޑް މުގުރާލީ 181 ބިލިއަން ޑޮލަރުގެ ކުރިއެރުމެކެވެ.

އެމޭޒަންކުންފުނީގެ އަގު މިހާރު ވަނީ ގާތްގަނޑަކަށް 1.6 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. ހުކުރު ދުވަހު މެޓާ ޕްލެޓްފޯމްސްގެ ސްޓޮކް 0.3% ދަށަށް ގޮސްފައިވާއިރު، އޭގެ އަގު ގާތްގަނޑަކަށް 660 ބިލިއަން ޑޮލަރަށް އަރައެވެ.

އެމޭޒަންގެ ހިއްސާތައް މައްޗަށް ދިޔައީ، އެ ކުންފުންޏަށް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލިބުނު ފައިދާއަށް ވުރެ ރަނގަޅު ފައިދާއެއް ލިބުނު ކަމަށް ރިޕޯޓް ކުރުމާ ގުޅިގެންނެވެ.

އެމޭޒަން ކުންފުނީގެ ހިއްސާގެ ބާޒާރުގެ އަގު 200 ބިލިއަން ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވަނީ، ސޯޝަލް މީޑިއާ ގެ ބޮޑު ކުންފުންޏަކުން، އެމެރިކާގެ ކުންފުންޏަކަށް އެއް ދުވަހުގެ ތެރޭގައި ލިބުނު އެންމެ ބޮޑު ގެއްލުމުގެ އަގު، 200 ބިލިއަން ޑޮލަރަށްވުރެ ދަށަށް ދިޔަ ތާ އެއް ދުވަސް ފަހުންނެވެ.

“2021 ވަނަ އަހަރު ލޮކްޑައުންއަށް ފަހު ބްލޫސް އާ ވާދަކުރުމަށް ފަހު، 2022 ވަނަ އަހަރު ނިމޭއިރު އެމޭޒަންގެ ނަސީބު ރަނގަޅުވުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރަން،” މޮނެސް ކްރެސްޕީ ހާޑްޓް އެނަލިސްޓް ބްރަޔަން ވައިޓް ރިސާޗް ނޯޓެއްގައި ލިޔުއްވާފައިވެ އެވެ. “އެމޭޒަން އަކީ އެކްސެލެރޭޓެޑް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ އެންމެ ބޮޑު މަންފާއެއް ލިބޭ އެއް ފަރާތް.” އޭނާ ވިދާޅުވިއެވެ.

ރީޓެއިލް އިންވެސްޓަރުން އެމޭޒަންގެ ރެލީ ގެ ބޭނުން ހިފާ ފައިދާ ނަގަން އުޅޭ މަންޒަރު ފެނިގެން ދިޔަ އެވެ. ފިޑެލިޓީގެ ވެބްސައިޓްގައިވާ ޑޭޓާތަކުން ދައްކާ ގޮތުގައި ހުކުރު ދުވަހު އެމޭޒަން އަކީ ކަސްޓަމަރުންގެ މެދުގައި އެންމެ ގިނައިން ވިޔަފާރި ކުރި ސްޓޮކް ކަމަށް ވަނީ ވެފައެވެ.

އެމޭޒަންގެ އަގު ބޮޑުވުމުގެ ސަބަބުން އޭޓީ ޓީ އިންކް، މޯގަން ސްޓޭންލީ އަދި ނެޓްފްލިކްސް އިންކް ފަދަ ކުންފުނިތަކުގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ ފަނޑުވެގެން ގޮސްފައެވެ.

އެޕަލް، މައިކްރޯސޮފްޓް ކޯރޕް އަދި ގޫގުލްގެ ބާނީ އަލްފަބެޓް އިންކް އަދިވެސް ވޯލް ސްޓްރީޓްގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ގޮތުގައި އޮތްއިރު، މާކެޓް ކެޕިޓަލައިޒޭޝަންގެ ގޮތުގައި 2.8 ޓްރިލިއަން ޑޮލަރާއި 2.3 ޓްރިލިއަން ޑޮލަރާއި 1.9 ޓްރިލިއަން ޑޮލަރު ހިމެނޭކަމަށް ރިފިނިޓިވް އިން ބުނެއެވެ.

އެމޭޒަންގެ ހިއްސާގެ އަގު ޖުލައި މަހު 3731.41 ޑޮލަރަށް ވަނީ އަރާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close