މީގެ މަސްތަކެއް ކުރިން، މިދިޔަ އޮގަސްޓް މަހު، ހަރުކަށި އިސްލާމީ ތާލިބާން ޖަމާއަތުން ވެރިކަން އަތުލި އިރު، ނޫރީ ވަނީ ތަފާތު ތިން ޓެކްސްޓައިލް (ފަހާތަނެއް) ގައި 80 އަށް ވުރެ ގިނަ މީހުންނަށް ވަޒީފާ އަދާކުރުމުގެ ފުރުޞަތު ހޯދައިދީފަ އެވެ.
“މީގެ ކުރިން ވެސް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު،” ވީހާވެސް ގިނަ އަންހެނުން ވަޒީފާއަށް ނެރުމަށްޓަކައި އޭނާގެ ވިޔަފާރި ކުރިއަށް ގެންދިޔުމަށް އަޒުމް ކަނޑައަޅައިގެން ހުރި ނޫރީ ބުންޏެވެ.
“އަޅުގަނޑުމެންނަށް އެކި ވައްތަރުގެ ކޮންޓްރެކްޓްތައް ލިބިފައި އެބަހުރި، ވަރަށް ފަސޭހައިން އަޅުގަނޑުމެންގެ މާސްޓާ ޓެއިލަރސް އާއި އެހެން މަސައްކަތްތެރިންނަށް ވެސް މުސާރައެއް ދެވިދާނެ، އެކަމަކު މިހާރު އަޅުގަނޑުމެންނަށް އެއްވެސް ކޮންޓްރެކްޓެއް ނެތް.” ނޫރީ އިތުރަށް ކިޔައިދިނެވެ.
އަފްޣާނިސްތާނުގެ އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވެ، އެތައް ބިލިއަން ޑޮލަރެއްގެ އެހީއާއި ރިޒާވް ކެނޑި، އާދައިގެ ރައްޔިތުންގެ އަތުގައި އަސާސީ ބޭނުންތަކަށްވެސް މަދު ފައިސާކޮޅެއް ނޫނީ ނެތިފައިވާއިރު، ނޫރީ ފަދަ ކުދިވިޔަފާރިވެރިންގެ ވިޔަފާރިތައް އެއްހަމައެއްގައި ހިފެހެއްޓުމަށް ދަނީ ފިއްތުންތައް ކުރިމަތިކުރަމުންނެވެ.
ކަންކަން އިތުރަށް ގޯސްވެގެން ދިއުމުން ތާލިބާނުން އަންހެނުންނަށް ވަޒީފާ އަދާކުރުމުގެ ހުއްދަ ދޭނީ އިސްލާމީ ޝަރީއަތުގެ މާނަ އިގެ ދަށުން ކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ބައެއް މީހުންނަށް އަދަބު ލިބިދާނެކަމުގެ ބިރަށް ވަޒީފާ ދޫކޮށްލަންވަނީ މަޖުބޫރުވެފައެވެ.
އަންހެނުންގެ ޙައްޤުތައް ހޯދައިދިނުމަށް މިދިޔަ ދެހާހުގެ އަހަރުތަކުގެ ތެރޭގައި، ވަރަށް ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައިވާ ކަން، ބައިނަލްއަޤްވާމީ ޙައްޤުތަކާބެހޭ މާހިރުންނާއި، މަސައްކަތްތެރިންގެ ޖަމްޢިއްޔާތަކުން މި ހަފްތާގައި ހާމަކުރައްވާފައިވާއިރު، އަފްޣާންގެ ހާލަތު ހުރިމިންވަރަކީ މިއީ ކަމުގައި ރިޕޯޓްތަކުން ދޭހަވެއެވެ.
އިގުތިސޯދީ ހީނަރުކަމުގެ ސަބަބުން މުޅި ގައުމަށް ހީނަރުކަން އަންނަމުން ދާއިރު، ބައެއް އޭޖެންސީތަކުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް މަސްތަކުގައި އަފްޣާންގެ މުޅި އާބާދީ ފަގީރުކަމާއި ކުރިމަތިލާން ޖެހޭނެ އެވެ.
އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ ކާރިސާގެ ސަބަބުން މިހާރުވެސް އަންހެން މަސައްކަތްތެރިންނަށް ވަނީ ގޮންޖެހުންބޮޑު ހާލަތެއް ކުރިމަތިވެފައި” އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ)ގެ ސީނިއަރ ކޯޑިނޭޓަރ ރާމިން ބެހްޒާދު ވިދާޅުވިއެވެ.
“އިގްތިސޯދީ ބައެއް ދާއިރާތަކުގައި އަންހެނުން ބައިވެރިވުމަށް އަލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ވެސް ޢާއްމު ދިރިއުޅުމަށް ހީނަރުކަން އަންނައިރު މުހިންމު ދާއިރާތަކުގެ މަސައްކަތްތައް ވަނީ ހީނަރުވެފައެވެ.
އަފްޣާނިސްތާނުގެ އަންހެނުންގެ ވަޒީފާގެ މިންވަރު 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި %16 އާއި ގާތްކުރާ އަދަދަކަށް ދަށަށް ގޮސްފައިވާކަމަށް އައިއެލްއޯއިން ބުދަ ދުވަހު ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ފިރިހެނުންނަށް ބަލާއިރު %6 އެވެ.
އައިއެލްއޯއިން ބުނާ ގޮތުގައި މިހާރު ގެ ހާލަތު ކުރިއަށް ދާނަމަ 2022 ވަނަ އަހަރުގެ މެދުތެރޭގައި އަންހެނުންގެ ވަޒީފާ 21 ޕަސެންޓަށް ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.