ޚަބަރު

ދެ ކޮމަންޑޫ ގުޅުވައިލާ މައްސަލަ އޭސީސީއަށް ހުށަހަޅައިފި

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ކޮމަންޑުއާއި, މަތި ކޮމަންޑޫ ގުޅުވައިލާ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ޙަސަން މި ނޫހަށް މިއަދު ވިދާޅުވީ އެ މައްސަލަ އޭސީސީއަށް ހުށަހެޅީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނާއި ދިމާކޮށް ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަޖެޓުގައި ނެތް މަޝްރޫޢުއެއް ފަށައިގެން ކުރިއަށްދާތީކަމަށް ބުނެފައި ކަމަށެވެ.

“19 ޖެނުއަރީގަ އެބައޮތް ހުށަހެޅިފަ އިންތިޚާބާ ދިމާކޮށް ބަޖެޓުގަ ނެތް މަޝްރޫޢުތަކެއް ހިނގާކަމަށް. އެ ގޮތުން ކޮމަންޑުއާއި, މަތި ކޮމަންޑޫ ގުޅުވައިލާ މަޝްރޫޢު ވެސް ހިމެނޭ ގޮތަށް އޮތީ.” ޙަސަން ވިދާޅުވިއެވެ.
މިވެސް ކިޔާލާ:

މި މައްސަލަ ބެލުމާމެދު މިހާތަނަށް ގޮތެއް ނިމިފައިނުވާ ކަމަށާއި, މައްސަލައިގައި ހުށަހަޅާފައިވާ ޝަކުވާތައް ދިރާސާކުރަމުންދާކަމަށް ޙަސަން ވިދާޅުވިއެވެ. ނަމަވެސް އޭސީސީގައި އެއްވެސް މެންބަރެއް ނެތުމުން މައްސަލައާމެދު އެއްވެސް ގޮތެއް ނުނިމޭކަމަށް ޙަސަން ވިދާޅުވިއެވެ.

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫޢުގެ އަަމަލީ މަސައްކަތް ދަނީ ކުރިއަށެވެ. މި މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 12 ގައެވެ. މި މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑުއާއި, މަތިކޮމަންޑޫ ގުޅުވައިލާނެއެވެ. ހަމައެެހެންމެ 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް ކުރާނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close