ޚަބަރު

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށްބުނި އެމްޑީޕީގެ އެކްޓިވިސްޓް އެ ޕާޓީން ވަކިކުރަން ނިންމައިފި

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށްބުނި އެމްޑީޕީގެ އެކްޓިވިސްޓް އެ ޕާޓީން ވަކިކުރަން ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މުހައްމަދު އިނާދު ޕާޓީން ވަކިކުރަންނިންމީ އޭނާގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަށް ބެލުމަށްފަހު އޭނާ ވަކިކުރަންޖެހޭ ކަމަށް ފެންނަ ނަމައެވެ.

ރޯޔަލް ހަސަން ތަކުރު ކިޔާ ޓުވީޓާ އެކައުންޓަކުން ކުރި ޓްވީޓެއްގައި ވަނީ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލަން ބާރުގަދަ ގޮވާޒާތުގެ، “އާރްޑީއެކްސް” ބޭނުންވާ ކަމަށް ބުނެފައެވެ. އެކަން ވަރަށް އަވަހަށް ކުރާނެ ކަމަށްވެސް އޭނާގެ ޓުވީޓްގައިވެއެވެ. ފުލުހުން ވަނީ އެމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ފިރިހެނަކު އިއްޔެ ހައްޔަރުކޮށްފައެވެ. އެމައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އެމްޑީޕީގެ މެމްބަރެއް ކަމަށްވާ މުހަންމަދު އިނާދެވެ.

އެމައްސަލައާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓްކުރި މައްސަލާގައި އެމްޑީޕީއިން އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށް، އެކަން ހަރުއަޑުން ކުށްވެރިކޮށްފައެވެ.

އެމްޑީޕީން ބުނީ ޓެރަރިޒަމް ފަދަ ބޮޑެތި ކުށްތަކަކީ އެޕާޓީއިން އެއްވެސް މިންވަރަކަށް ބަލައިގަންނާނެ ޖަރީމާއެއް ނޫން ކަމަށެވެ. އަދި އެފަދަ ނުރައްކާތެރި ކަންކަން ކުރާނެ ކަމުގެ އިންޒާރުދީ، އަދި މީހުންނަށާއި، މުދަލާ ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލާ އެފަދަ ކުށްތަކަށް ތަރުހީބު ދިނުމަކީ ޖިނާއީ ކުށެއްކަމުން، މިފަދަ ކުށްތަކަށް އަރައިގަންނަން އިންޒާރުދީ، އަދި ހިއްވަރުދޭ ފަރާތްތަކާއިމެދު އަވަސް އަދި ފުރިހަމަ ތަޙްޤީޤެއް ހިންގައި، ކުށްވެރީންނަށް ހައްޤު އަދަބު ލިބިދިނުން މުޙިއްމު ކަމަށް ބުނެ އެކަން ކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.

“އިންޑިއާ ހައި ކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކޮށްފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވާ މުޙައްމަދު އިނާދު ގެ މައްޗަށް ފުލުހުން ހިންގާ ތަޙުޤީޤަށް ބަލާ މުޙައްމަދު އިނާދު މިޕާޓީން ވަކިކުރުމަށް މިޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ވަނީ ނިންމާފައެވެ.” އެމްޑީޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެެވެ.

އިންޑިޔާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމުގެ އިންޒާރު ދިނުމާއި ގުޅިގެން އެތަނުގެ ސަލާމަތީ ފިޔަވަޅުތަށް މިހާރު ވަނީ ވަރުގަދަކޮށްފައެވެ. ފުލުހުން ގެންދަނީ އެމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close