ޚަބަރު

ދިރާގު ޕޭ މިހާރު ފި-އެސް ސިސްޓަމްސްގެ ސޮފްޓްވެއަރ ތަކުގައި ބޭނުންކުރެވޭނެ

ދިރާގު ޕޭ އިން ބޭނުން ކޮށްލަން ފަސޭހަ ޕޮއިންޓު އޮފް ސޭލްސް (ޕީ.އޯ.އެސް) ސިސްޓަމެއް ކަމުގައިވާ ފިއެސް IdzLink އާ އިންޓަގްރޭޓް ކޮށްފިއެވެ. އެގޮތުން މިހާރު ދިރާގު ޕޭ ގެ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު IdzLink ގެންގުޅޭ ރީޓެއިލް ފިހާރަތަކުގައި ފައިސާ ދައްކާލެވޭނެއެވެ.

ދިރާގު ޕޭ އިން ފި-އެސްގެ ޚިދުމަތްތައް ބޭނުންކުރާ ވިޔަފާރިތަކުގައިވެސް ފައިސާ ދެއްކުމަށް ސޭލް ނިމުމާއެކު ދިރާގު ޕޭ އިހުތިޔާރު ކުރުމާއެކު ކަސްޓަމަރުގެ ފޯނަށް އޯޓީޕީ އެއް ލިބޭނެއެވެ. އޯޓީޕީ ދިނުމާއެކު ފައިސާ ދެއްކުނީއެވެ. އަދި ހަމައެއާއެކު، އޮންލައިން ކޮށް ފިޔަފާރި ކުރާ ކަސްޓަމަރުންނަށްވެސް މި ޕީ.އޯ.އެސް މެދުވެރިކޮށް ދިރާގު ޕޭ އިން ފައިސާ ދެއްކޭނެއެވެ.

ހަމައެއާއެކު، ދިރާގު ބިލް އަދި ރީލޯޑް ފަދަ ކަންތައްތައް ކުރުމަށްވެސް ފިހާރަތަކުން ފިއެސްގެ ޕީ.އޯ.އެސް އިން ފަސޭހަކަމާއެކު ކޮށްލެވޭނެއެވެ.

“ދިރާގުޕޭއާ IdzLink އިންޓަގްރޭޓް ކުރެވިގެން ދިޔުމަކީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ކަމެއް. މި އިންޓަރގްރޭޝަންގެ ސަބަބުން   IdzLink ބޭނުން ކުރައްވާ ވިޔަފާރިތަކުން ފަސޭހަކަމާއި އިތުބާރާއި އެކު ދިރާގުޕޭއިން ފައިސާ ބަލައިގަނެވޭނެ. އަދި ދިރާގުޕޭ ކަސްޓަމަރުންނަށްވެސް ވިޔަފާރި ކުރެއްވުމަށް އިތުރަށް ފަސޭހަވެގެންދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ދިރާގުޕޭ ވީހާވެސް ގިނަ މިފަދަ ޕްލެޓްފޯމް ތަކުގައި ބޭނުން ކުރެވޭނެ މަގު ފަހި ކުރުން” ދިރާގު ޕްރޮޑަކްޓް މެނޭޖަރ މޮބައިލް މަނީ އެންޑް ޑިޖިޓަލް ކޮމާސް މުހައްމަދު ނަހުޝަން ވިދާޅުވިއެވެ.

“ދިރާގު ޕޭ ފަދަ ޒަމާނީ މޮބައިލް ޕޭގެ ޚިދުމަތެއް އަޅުގަނޑުމެންގެ ސިސްޓަމްގައި އިންޓަގްރޭޓް ވެގެން ދިޔުމަކީ ވަރަށް އުފާ ކުރާކަމެއް. މި ކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަދި ދިރާގުޕޭގެ ކަސްޓަމަރުންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން. IdzLink އަކީ ފިހާރަތަކާ ކަސްޓަމަރުންނާއި ގުޅުވައިދީ، ފަސޭހަކަމާއެކު ކަސްޓަމަރުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިލޭ އޮންލައިން ވިޔަފާރި އެޕްލިކޭޝަން އަދި ޑެލިވަރީ އެޕްލިކޭޝަން އެޅުމާއި ސެޓަޕް ހަދަން ބޭނުންކުރެވޭނެ ނިޒާމެއް. ފި-އެސް ގެ ސޮފްޓްވެއަރތައް މެދުވެރިކޮށް ވިޔަފާރިތައް މުޅިން އޮޓޮމޭޓް ކުރެވޭނެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބްރާންޗްތައް ހުންނަ ވިޔަފާރިތަކަށް ވެސް ހެޑް އޮފީހުން އެ ބްރާންޗްތައް މި ނިޒާމުގެ ތެރެއިން ހިންގޭނެ” ފި-އެސް ސިސްޓަމްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އިކްރާމް ޙަސަން ވިދާޅުވިއެވެ.

ފިއެސް އާ ބެހޭ އިތުރު މައުލޫމާތު

ފިއެސް އަކީ ރާއްޖޭގެ ސޮފްޓުވެއާގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. އަދި މިހާރު ފިއެސްގެ ޚިދުމަތްތައް ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކުގައި ބޭނުންކުރެއެވެ. އޭގެ ތެރޭގައި އަގޯރާ، ސިމްޑީ ކޮމްޕެނީ، އެލިއާ އިންވެސްޓްމެންޓް، ނަލަހިޔާ ޓްރޭޑިންގް، ރިލެކްސް މޯލްޑިވްސް، ނޮލެޖް ބުކްޝޮޕް، ޗާންދަލިއާ ބުކްޝޮޕް، ޓެޕް ކޮންސްޓްރަކްޝަން، އެލް މޯބައިލް، ޕޭޖް ހާނޑްވެއަރ، ވެލިގާ ހާރޑްވެއަރ، ފިނޯ، ފޯކަސް ކޮމްޕިއުޓަރ، ރެފްކޫލް، މުނި އެންޓްރޕްރައިސް، ޝީޝާ، ސީލިންކް، ފްރީގާއިސް، އިންނަ މޯލްޑިވްސް، އޭސް ޓްރެވަލް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close