ޚަބަރު

ދިވެހިންގެ ނަޞްރުގެ ދުވަސް ، ޔޫއޭއީ ގެ ދިދަދުވަސް – ނޮވެމްބަރ 3

ނޮވެމްބަރ 3 އެއީ ދިވެހިންނަށް ވަރަށް ޚާއްޞަ ދުވަހަކަށް މިވަނީ ވެފައެވެ. އެއީ މީގެ 33 އަހަރުކުރިން ޒަމާނީ ހަތިޔާރާއި އެކު ސްރީލަންކާގެ ވަކިވެގަތުމަށް ހަގުރާމަކުރަމުންދިޔަ ޕީޕަލްސް ލެބަރޭޝަން އޮފް ޓެމިލްއިލަމް ނަމަކަށް ކިޔާ ޖަމާއަތެއްގެ ބަޔަކު ގޮވައިގެން ދިވެހި ބަޔަކު އަރާ ދިން ޢުދުވާނީ ޙަމަލާއިން ޤައުމު ސަލާމަތްކުރުމަށް ޒުވާން ޝަހީދު ޙުސައިން އާދަމްގެ ފުރާނަ އަށްޑަނައަކަށް ހައްދަވައި މިދީނާއި މިޤައުމުގެ މިނިވަންކަމުގެ ހިމާޔަތުގައި ޖިހާދުކޮށް ޝަހީދުވެގެން ދިޔަދުވަހެވެ.

ދިވެހިންގެ ތެރެއިން އެތައްބައެއްގެ ލޭ ދިވެހި ފަސްގަނޑަށް އޮހިރެން ދިޔަ ދުވަސް މިވީ ދިވެހިންގެ މަޤުބޫލުކަން ލިބިފައިވާ އަދި ގިނަދިވެހިންތަކެއް މިހާރުވެސް ޗުއްޓީ ހޭދަކޮށްލަން ފަސްޓް ޗޮއިސްއަކަށް ޚިޔާރުކުރާ ޔޫއޭއީ ގެ ފްލެގްޑޭ އަށެވެ. އެއީ އެ ޤައުމުގެ ބޮޑުދިދަ ވިހުރުވާލި ދުވަހެވެ. އަދި ހަމަ އެހެންމެ ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 3 ވަނަދުވަސް ވެގެން މިދަނީ ޔޫއޭއީގެ ބޮޑުދިދަ ވިހުރުވޭތާ 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަކުރާ ދުވަހަށެވެ.

ކުރިއަށް އޮތް ދިދަ ދުވަސް “އެއްބައިވަންތަ ކަމާއެކު” ފާހަގަ ކުރުމަށް ޔޫއޭއީގެ ނައިބު ރައީސް ވަނީ ގޮވާލައްވައިފަ އެވެ.

މި ތާރީޚަކީ 2013 ވަނަ އަހަރު ޔޫއޭއީގެ ރައީސްކަމުގެ މަޤާމަށް ޝައިޚް ޚަލީފާ ބިން ޒައިދު އަލް ނަޙްޔާން އިސްކުރެއްވުމުގެ މުނާސަބަތުގައި ކޮންމެ އަހަރަކުވެސް ފްލެގް ޑޭގެ ގޮތުގައި ފާހަގަކުރާ ތާރީޚެކެވެ.

ޔޫ.އޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރު އަދި ދުބާއީގެ ރޫލަރ، ހިޒް ހައިނެސް ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމް، ޓްވިޓަރ މެދުވެރިކޮށް، އެޤައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްވަރު ދެއްވީ، ހެނދުނު 11 ޖަހާއިރު ޤައުމީ ދިދަ އެންމެން އެއްފަހަރާ އުފުލާލުމަށެވެ.

“އަޚުންނާއި އުޚުތުން، ޔޫއޭއީގެ ދިދަ ދުވަސް ފާހަގަކުރާނީ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، 50 ވަނަ އަހަރަށް” އެމަނިކުފާނު ވިދާޅުވިއެވެ.

“ޔޫއޭއީގެ ދައުލަތުގެ ރަމްޒު، އަދި އެ ގައުމުގެ ސިޔާދަތާއި އެއްބައިވަންތަކަން، ކުރިއަށް އޮތް 50 އަހަރު ވެސް ދެމި އޮންނާނީ އެމިރޭޓްސްގެ ފަސްގަނޑުގައި ނިސްބަތްވާ، ވަފާތެރި، އަދި ލޯބި ގާއިމްކުރުމަށް.” އޭނާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close