ދީން

ވުޟޫކުރުމަށްޓަކައި ނުތެދުވެވޭ މީހަކު ވުޟޫކުރާނީ ކިހިނެއްތޯ؟

ސުވާލު:

ގުޅުންހުރި ލިޔުންތައް

ވުޟޫކުރުމަށްޓަކައި ނުތެދުވެވޭ މީހަކު ވުޟޫކުރާނީ ކިހިނެއްތޯއެވެ؟ އެހެން މީހަކު ލައްވާ ބަލިމީހާގެ ގުނަވަންތަކަށް ފެންލައިދީ، ވުޟޫކުރުވައިދެވިދާނެތޯ؟

ޖަވާބު:

ނަމާދު ކުރުމަށްޓަކައި، ފެން ބޭނުންކޮށްގެން ކުޑަ ޙަދަޘުންނާއި ބޮޑު ޙަދަޘުން ޠާހިރުވުން، ޞިއްޙަތު ސަލާމަތުން ހުރި މީހުންގެ މައްޗަށް ވާޖިބުވެގެންވާ ފަދައިން، ބަލިމީހުންގެ މައްޗަށްވެސް ވާޖިބުވެގެންވެއެވެ.

ކުޑަ ޙަދަޘްވެރިވެފައިވާނަމަ ބަލިމީހާވެސް ޖެހޭނީ ވުޟޫކުރާށެވެ. އަދި ބޮޑު ޙަދަޘްވެރިވެފައިވާނަމަ ބަލިމީހާވެސް ޖެހޭނީ ހިނައިގަންނާށެވެ.

ވުޟޫކުރުމަށް ކުޅަދާނަވެގެންނުވާނަމަ، އެހެންމީހަކު ބަލިމީހާގެ ގުނަވަންތަކަށް ފެންލައިދީ ވުޟޫކޮށްދޭނީއެވެ.

އަދި އަމިއްލައަށް ވުޟޫ ނުކުރެވޭ އަދި ތަޔައްމުމުވެސް ނުކުރެވޭ ޙާލަތުގައި އޮތްނަމަ އެހީތެރިޔަކު ބަލިމީހާއަށް ތަޔައްމުމު ކޮށްދޭނީއެވެ.

ޖަވާބު ދެއްވީ:

އައްޝައިޚް މުޙައްމަދު ޝާފިޢު

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close