24 މޭ 2022
އަންގާރަ
މިއަދު

ރައީސް އޮފީސް ގޮއްވާލާނެކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ރައީސް އޮފީސް ގޮއްވާލާނެކަމަށް ބުނި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ ބުދަދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކިއުރިޓީ ބަލަހައްޓަވަމުން ގެންދެވި ސިފައިންގެ ކައިރިއަށްގޮސް އެތެރޭގައި ތިބި ވެރިންނަށް ބޭރަށް ނުނިކުތުމަށް ގޮއްވާލާނެކަމަށް ބުނެ އިންޒާރު ދިން މައްސަލައަކާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބުރާސްފަތިދުވަހު މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވަނީ 34 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. މިމީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 7 ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން މިމައްސަލަ މިހާރު ތަޙުގީގުކުރަމުން އަންނައިރު މިފަދަ އިންޒާރުތަކަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ބަލަމުންދާ މައްސަލަތަކެކެވެ.