ޚަބަރު

އަޅުގަނޑު ނޭދެން ޖަޒީލް ގެންގޮސް ގޮޅިއަކަށްލާ އެތައްދުވަހެއްވަންދެން ބާވާކަށް – މީކާއިލް މަންމަ

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހުގައި ބަޔަކު ހިންގި މާރާމާރީއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމައަށް ލިބުނު އަނިޔާއާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މީކާއިލްގެ މަންމަ މަރިޔަމް ޒުބައިރު (މަންދީ) ބުނެފައިވަނީ ހަމަލާދިން ޖަޒީލްއަކީ ގޯސްކުއްޖެއް ނޫންކަމުގައެވެ.

ސޯސަން މަގުގައި ހުންނަ އެމްޑީޕީ އޮފީހުގައި މިއަދު މެންދުރެއްހާއިރު ހިނގި މާރާމާރީއެއްގައި މެންބަރު މީކާއީލް މަންމަ މަރްޔަމް ޒުބައިރު (މަންދީ) ގެ ބޯ ވަނީ ފަޅައިގެންގޮސްފައެވެ.

އަޅުގަނޑު ނޭދެން ޖަޒީލް ގެންގޮސް ގޮޅިއަކަށްލާ އެތައްދުވަހެއްވަންދެން ބޭއްވުމަށްފަހު ޖަލު ގޮޅިއަކަށް ހުކުމް ކުރާކަށް. އޭނައަށް ފަރުވާބޭނުންވޭ. މިކަހަލަ ކުއްޖެއްނެތް އާއިލާއެއް މަދުވާނެ. މިކުދިންގެ މައިންބަފައިންނާ އާއިލާތަކުން ސަފަރ ކުރާވަރު އަޅުގަނޑަށްފެނޭ. މީކާއީލްގެ މަންމަ ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

މިއަދު އަޅުގަނޑަށް އަނިޔާގެ ސަބަބުން މިއަޅާ ވޭނަށްވުރެ ޖަޒީލް ގައިގަ މިރޭ އަޅާނެވޭން ބޮޑުވާނެކަން އަޅުގަނޑަށް އެނގޭ.

އަޅުގަނޑު ވަރަށް އެދެން  @PoliceMv މިރޭ އޭނަ އެކަނި ގޮޅިއަކަށްލާ ދޫކޮށްނުލުން. އޭނައަކީ ގޯސްކުއްޖެއް ނޫން ފަރުވާ ބޭނުންވާ ކުއްޖެއް. މަރިޔަމް ޒުބައިރުގެ އެހެން ޓްވީޓެއްގައި ވެއެވެ.

މި ހަމަލާއާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރުކުރިކަމުގެ މަޢުލޫމާތެއް އަދި ނުލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close