ހަނގުރާމަވެރި ހައްދުފަހަނައަޅާފައިވާ ޖަމާއަތެއްކަމުގައިވާ ހޫތީ ޖަމާޢަތުގެ ވެރިޔާ މަރާލުމަށް ޔޫއޭއީން ދިން ހަމަލާއާއި ގުޅިގެން، އަސްކަރީ ހަމަލާތަކަކީ ހައްލެއް ނޫން ކަމުގައި އިރާނުން ބުނެފިއެވެ.
“އަސްކަރީ ހަމަލާތަކަކީ ޔަމަނުގެ މައްސަލައަށް އޮތް ހައްލެއް ނޫން، މިފަދަ އަމަލުތަކުގެ ސަބަބުން ސަރަހައްދުގައި ނުތަނަވަސްކަން އިތުރުވެގެންދާނެ،” އީރާނުގެ ރަސްމީ ނޫސް އޭޖެންސީ އައިއާރްއެންއޭއިން “ދާދިފަހުން ޔަމަނާ ގުޅުން ހުރި ކުރިއެރުންތަކެއް” ގެ ގޮތުގައި ސިފަކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓްރީގެ ތަރުޖަމާނު ސައީދު ޚަތީބުޒާދާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސަރަހައްދީ އެއްވެސް ކާރިސާއަކަށް ހައްލެއް ގެނެވޭނީ ހަނގުރާމައާއި ހަމަނުޖެހުންތަކަށް ނޫންކަމަށާއި، ހަމަޖެހުމާއި ސުލްހަމަސަލަސްކަން ޤާއިމުވެ، ހަމަނުޖެހުންތަކާއި ދެބަސްވުންތައް ދެމިއޮތުމުން ދުރުހެލިވެގެން ކަމަށް އީރާނުން އަބަދުވެސް ބާރުއަޅަމުން ގެންދާ ކަމަށެވެ.
ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ހޯމަ ދުވަހު ޑްރޯން ހަމަލާތަކެއް ދީ ތިން ޕެޓްރޯލިއަމް ޓޭންކަރެއް ގޮއްވާލައި ތިން މީހަކު މަރާލައި ހަ މީހަކު ޒަހަމްކޮށްލި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ވެރިރަށް އަބޫދާބީގައި ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފަ އެވެ. އަބޫދާބީ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ކޮންސްޓްރަކްޝަން ސައިޓުގެ ސަރަހައްދުގައި ވެސް އިތުރު އަލިފާނުގެ ހާދިސާއެއް ހިނގި އެވެ.
ޔަމަނުގެ ހޫތީ މިލިޝިއާ އިން މި ހަމަލާގެ ޒިންމާ ނަގާފައި ވަނީ “ޔޫއޭއީގެ އަޑީގައި” އޮޕަރޭޝަނެއް ހިންގާ ކަމަށް ބުނެ އެވެ.
އީރާނުން ހޫތީންނަށް މާލީ އަދި އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުން ދަނީ ޒަމާނުއްސުރެނެވެ. ނަމަވެސް އީރާނުން މި ހަމަލާއަށް ހުއްދަ ދިންކަމެއް ނުވަތަ މިއީ މުޅިން ހޫތީންގެ އެކަނިވެރި ނިންމުމެއްކަމެއް އަދި ސާފެއް ނުވެއެވެ.
One Response
ކަލޭމެން އަޑީގަ އޮވެގެން ތަޅައިގެންފަ ތިބުނަނީ ނުޖަހާށޭ. ބަލަންތިބޭތި! ވަރުހުރި އެތިފަހަރެއް ދާނެ އިނގޭ!!!! ދެން ހޯހޯ ނުގޮވާތި!!!